90ގެ އަހަރުތަކުގެ މަޝްހޫރު ދިވެހި ފިލްމީ ތަރި އަބްދުއްރަހްމާން ރައޫފް (އަދުރޭ) (58އ) އަށް ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އަދުރޭއަށް ހާޓްއެޓޭކް ޖެހުނީ އޭނާ މަސައްކަތްކުރާ ރެޑިސަން ބްލޫ ރިސޯޓްގައި ހުއްޓައި، އިއްޔެގެ ވަގުތެއްގައެވެ. އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުގައެވެ.
އަދުރޭ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 1996 ގައި ނުކުތް ފިލްމް "ޅީދަރިފުޅު" ގައި ކުޅުން ރޯލުންނެވެ. އޭގެއިތުރުން "ދެހިތެއްގެ ލޯބި"، "ދޮން މަންމަ" ފަދަ ފިލްމު ތަކުގައި އޭނާ ޙަރަކާތްތެރިވެފައިވެއެވެ.
އޭގެ އިތުރުން އަދުރޭ ވަނީ "މަލަކާ" ފަދަ ޑްރާމާ ތަކާއި، ގިނަ ލަވަތަކަކުންވެސް ފެނިގެން ގޮސްފައެވެ.
"ރަސް އޮންލައިން"ގެ ޓީމުން އެދެނީ އަދުރޭ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު