އަރްޖީތް އަދި އޭނަގެ އަޑުން ލަވަކި ޒުވާނާ
އަރްޖީތް އަދި އޭނަގެ އަޑުން ލަވަކި ޒުވާނާ
މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ އަޑާ ދާދި އެއްގޮތް އަޑަކުން، ކުރިއަށް އޮތް ފިލްމު "ބޯޑަރު 2" ގެ މަޝްހޫރު ލަވަ "ގަރް ކަބް އާއޯގޭ" ކިޔައިގެން އިންޑިއާގެ ފަގީރު ޒުވާނަކު އެތައް ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޓިކްޓޮކްގައި މިހާރު ވަރަށް ބޮޑަށް ވައިރަލްވަމުންދާ މި ވީޑިއޯއިން ފެންނަނީ، އަރިޖިތުގެ އަޑާ ވަރަށް އެއްގޮތް އަޑަކުން މި އަސަރުގަދަ ލަވަ އެ ޒުވާނާ ހުށަހަޅައިދޭ ތަނެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ބައެއް މީހުން ވަނީ އެއީ ހަމަ އަސްލު އަރިޖިތުގެ އަޑު ކަމަށް ބުނެ ހައިރާންކަން ފާޅުކޮށްފައެވެ.





"ގަރް ކަބް އާއޯގޭ" އަކީ 1997 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ބޯޑަރު" ގެ އެންމެ މަގުބޫލު އެއް ލަވައެވެ. މިއަހަރު އުފައްދާ "ބޯޑަރު 2" ގައި މި ލަވަ އައު ވަރޝަންއަކަށް ހިމަނާފައިވާއިރު، މިއީ ފިލްމަށް އިންތިޒާރުކުރާ ފޭނުންނަށް ލިބުނު ބޮޑު އުފަލެކެވެ.

މި ޒުވާނާގެ ހުށަހެޅުމާއެކު "ބޯޑަރު 2" އަށް އޮތް ހައިޕް އިތުރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ޒުވާނާގެ އަޑުގައި ހުރި އަސަރަކީ ފިލްމުގެ ޖަޒުބާތާ ވަރަށް ބޮޑަށް ގުޅޭ އަޑެކެވެ.



ކިޔުންތެރިންގެ ހިޔާލު