ރާއްޖެ ސަރަހައްދުގައި ވައި ނުސާފު ވެފައި-
ރާއްޖެ ސަރަހައްދުގައި ވައި ނުސާފު ވެފައި-
އަނެއްކާވެސް އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފުވެ، ރަތް އެލާރޓް އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްޙީގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އަދި ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެއަރ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފައެވެ. އަދި ދ.ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން އެސަރަޙައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.

ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކަމަށް މެޓުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު