ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިންތިޚާބުކުރާ ބައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވީ، ކައުންސިލްތަކަކީ ގާނޫނީގޮތުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލް ތަކަށް މެންބަރުން ހޮވާ ކަމަށް ވާނަމަ އެއި ނުބައި ސިގްނަލް އެއް ކަމަށެވެ. އެކަމާއި މެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރި ކުރުވާނީ ކޮންބައެއްކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވާއިރު ކައުންސިލް ތަކަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ކައުންސިލް އަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން އެ ހަވާލުކުރާ މަސައްކަތްތަކަށް އެހީތެރިކަން ދޭން ރައްޔިތުން ހޮވާފަ ތިބޭ މަންދޫބުން ތަކެއް ޑެއިލީ ހުންނަ މުނިސިޕަލް ކަންކަން ރައްވެހިކަމުގެ ހިދުމަތް ދިނުމުގެ އިތުރަށް ދެން ހުންނަ ތަރައްގިގެ މިކަހަލަ ކަންކަމުގަ އެއްބާރުލުން ދިނުން، އެހެން އެކަން ކުރަން ހޮވާ ބައެއް އެއީ" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު