އަބުރާ ބެހުނު ކަމަށްބުނެ، ދިޔަރެސް ނޫހާއި އެނޫހުގެ އެޑިޓަރު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އަތުން ދިހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ކުރި ދައުވާ ނާކާމިޔާބު ވުމުން ސިވިލް ކޯޓުގެ ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައަކީ 25 ޖޫން 2022 ގައި، "ނޫސްވެރިޔާ ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއްް އާއްމުވެއްޖެ" މި ސުރުހީގެ ދަށުން ދިޔަރެސް ނޫހުގައި، ޝާއިއުކޮށްފައިވާ ލިއުމުގައި، "ނަސީރާއެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެއެެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އެ ވީޑިއޯއިން ދެން ފެންނަ މީހަކީ އަހްމަދު ސަލީމް" ކަމަށް ލިޔެފައިވާ ލިއުމަކާ ގުޅިގެން ސަލީމް ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓުގައި ސަލީމްކުރި ދައުވާގައި އެދިފައިވަނީ އެ ހަބަރުގައި ސަލީމަށް ނިސްބަޔްކޮށް ލިޔެފައިވާ ބަޔަކީ، އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ހަބަރުގައި ސަލީމަށް ނިސްބަތްކޮށް ލިޔެފައިވާ ބަޔަކީ، ސަލީމްގެ އަބުރަށް ގެއްލުން ލިބޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަދި އެ ދޮގު ހަބަރުގެ ސަަބަބުން، ލިބިފައިވާ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ ނަގައިދިނުމަށާއި، ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
އޭގެ އިތުރުން ހަބަރުގެ ސަބަބުން މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުމަށާއި، ދައުވާގައި ބަޔާންކޮށްފައިވާ އެެންމެހާ ކަންކަމަށް ދިޔަރެސް މީޑިއާ އާއި ހީނާ ވަލީދު ވަކިވަކިން އަދި އެކުއެކީ ޒިންމާވާންޖެހޭ ކަަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
ސިވިލް ކޯޓުން ވަނީ އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައެވެ. އެ ކޯޓުން ކުރި ހުކުމުގެ ރައުޔުގައިވަނީ ދިޔަރެސް ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލަށް ސަލީމްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅަނީ، އެ ހައްގު ދޫކޮށްލުމަށްފަހުކަން، މީޑިއާ ކައުންސިލްގެ ގާނޫނުން އެނގޭކަމަށް ރައުޔުގައިވެއެވެ.
އެހެންކަމުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރާ ބެހޭގޮތުން ސަލީމްގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވަނީ އެ ހަބަރާ ގުޅިގެން ދައުވާ ކުރުމުގެ ހައްގު ދޫކޮލުމަށްފަހުގައި ކަމަށްވާ އިރު، އެ ހަބަރާ ގުޅިގެން ސަލީމްގެ އަބުރު ގެއްލިފައިވާ ކަމާއި އަދި އެކަމުގެ ބަދަލު ހޯދުމަށް އެދޭ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭ ކަމަށް ރައުޔުގައިވެއެވެ.
މައްސަލައިގެ ޝަރީއަތުގެ ހަރަދަކީ ދައުވާ ކާމިޔާބު ކުރާ ފަރާތަަކަށް، އެ ދައުވާ ކާމިޔާބު ނުވި ފަރާތުން ނަގައިދޭ ހަރަދެއްކަމަށް ރައުޔުގައިވެއެވެ. އެކަންތައްތައް ފާހަގަކުރައްވައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ސަލީމް ހޯދުމަށް އެދުނު ފަރުވާތަކަކީ ނަގައިދެވިދާނެ ފަރުވާތަކެއް ނޫން ކަަމަށް ކަނޑައަޅައިފައެވެ.
އަދި މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސަލީމްގެ ފަރާތުން ދިޔަރެސް އާއި ހީނާއަށް 15،000 ރުފިޔާ، ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށްވަނީ ހުކުމްކޮށްފައެވެ.
އެ ނިންމުމާމެދު ހިތްހަމަނުޖެހުމުން، ސަލީމްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިނަމަވެސް، ހައިކޯޓުން އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު