ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި ބިދޭސީންތަކަކަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެއާޕޯޓުގެ ޓެކްސީ ކިޔު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް، ހަމަނުޖެހުން ހިންގި ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:15 ހާއިރު ލިބުނު ކަމަށެވެ.

މި މައްސަަލައާ ގުޅިގެން ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް، މައުލޫމާތު ސާފުކޮށްފައިވާކަމަށާއި، އެމީހުންނަށް ނަސޭހަތް ދީފައިވާނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މި ހަމަނުޖެހުމުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯއިން ފެންނަނީ ދެ ބަޔަކު ޒުވާބުކުރާ މަންޒަރާއި އޭގެން އެކަކު އެތަނުން އެހެން މީހެއްގެ ގައިގައި ފައިން ޖަހާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު