މީރާ-
މީރާ-
މި ނިމިގެންދިޔަ 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107،205،043 ރުފިޔާ ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 102،281،507 ރުފިޔާއެވެ. އެހެންކަމުން މިއީ 2024 އާ އަޅާކިޔާއިރު 4.8 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ މާރޗު މަހުއެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި 23 މިލިޔަން ރުފިޔާ ބަލައިގަނެފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، ޖުލައި މަހުއެވެ. އެމަހު 12 މިލިޔަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ތިންވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، އޭޕްރީލް މަހުއެވެ. އެމަހު 11 މިލިޔަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ ޑިސެމްބަރ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.



ކިޔުންތެރިންގެ ހިޔާލު