ތުޅާދޫގެ ހައުސިން ޔުނިޓުތައް-
ތުޅާދޫގެ ހައުސިން ޔުނިޓުތައް-
ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު އާންމުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ތުޅާދޫ އާއި ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެއް އުސޫލެއްގެ ދަށުން ދޫކުރުމަށްކަމަށް ބުނެ، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސީދާ ހޯމް މިނިސްޓްރީން ނެރޭ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ވަނީ ހުއްޓުވާފައެވެ. ހައުސިން ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެފަހުންނެވެ.

ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ގެންދިޔައީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު