ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން، މަޢުލޫމާތު ސިއްރުކޮށްފައިވާ ގޮތް ނޭނގޭ ވައިގެ އުޅަނދެއް އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ގިނަ ގަޑިއިރުތަކެއް ވަންދެން ބުރުޖަހާފައިވާކަމަށް ފްލައިޓް ޓްރެކިންގ ސައިޓުތަކުން ހާމަވެއްޖެއެވެ.
މި އުޅަނދުގެ ބާވަތާއި، ރެޖިސްޓްރޭޝަން ނަންބަރު އަދި ނިސްބަތްވާ ގައުމު ފަދަ މުހިންމު ތަފުސީލުތައް ސިއްރުކޮށްފައިވީ ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އުޅަނދު ފުރާފައިވަނީ އިންޑިއާގެ ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އިއްޔެ މެންދުރުފަހު ރާއްޖެ ސަރަހައްދަށް ވަދެ، ރޭގަނޑު 10:30 ހާއިރު މާލެ އަތޮޅުގެ އިރުމަތިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ގާތުން މި އުޅަނދު ދަތުރުކޮށްފައިވެއެވެ.
މި އުޅަނދު ފުރި ޗެންނާއީ އެއާޕޯޓަކީ އިންޑިއާގެ އަސްކަރިއްޔާއިން ގަވާއިދުން ބޭނުންކުރާ ތަނަކަށް ވެފައި، އެ ސަރަހައްދުން އިންޑިއާގެ ކޯސްޓުގާޑާއި އަސްކަރީ އެތައް އުޅަނދެއް ދަތުރުކުރަމުންދާތީ، މިއީ އިންޑިއާގެ އަސްކަރީ ހަރަކާތެއްގެ ބައެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން ވެސް ޑިސެމްބަރު 2025 ގައި އިންޑިއާގެ 'ޕީ-8އައި ނެޕްޓިއުން' މަރުކާގެ ޖާސޫސީ އުޅަނދެއް ރާއްޖޭގެ ދެކުނުން ދަތުރުކޮށްފައިވެއެވެ. އެ ފަހަރު ލ. އަތޮޅު ކައިރިން އެ އުޅަނދު ދަތުރުކުރިއިރު، ހަނިމާދޫގައި އޮންނަ ޑޯނިއާ ބޯޓު ވެސް ވަނީ އެ ސަރަހައްދަށް ގޮސް ދިގު ދަތުރެއް ކޮށްފައެވެ.
ހަމައެއާއެކު، ރާއްޖޭގައި ޕާކިސްތާނުގެ އަސްކަރީ މަނަވަރުތައް އޮންނަ ދަނޑިވަޅުތަކާ ދިމާކޮށް އިންޑިއާގެ އަސްކަރީ ބޯޓުތައް ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވުން އިތުރުވެއެވެ. އެގޮތުން ނޮވެމްބަރު 2025 ގައި ޕާކިސްތާނުގެ "ޕީއެންއެސް ސައިފް" އަދި މާޗު މަހު "ޕީއެންއެސް އަސްލަތު" ރާއްޖޭގައި އޮތްއިރު ވެސް އިންޑިއާގެ ޖާސޫސީ ބޯޓުތައް ރާއްޖެ ކައިރިން ދަތުރުކޮށްފައިވެއެވެ. މި އުޅަނދުތަކަކީ އާންމުކޮށް އިންޑިއާގެ 'އައިއެންއެސް ހަންސާ' އިން ފުރާ އުޅަނދުތަކެކެވެ.
މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ 'ޕީ-8އައި ނެޕްޓިއުން' އުޅަނދަކީ އެމެރިކާގެ ބޮއިން ކުންފުނިން އިންޑިއާއަށް ހާއްސަކޮށް އުފައްދާފައިވާ، ސަބްމެރިންތަކާ ދެކޮޅަށް ހަމަލާދިނުމާއި، ކަނޑުގެ ސަރަހައްދު ބަލައި ފާސްކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
މި އުޅަނދަކީ ޖާސޫސީ މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ބޮން އުފުލައި ހަމަލާދިނުމުގެ ފަންނީ ފެންވަރު ލިބިފައިވާ ނުރައްކާތެރި އަސްކަރީ ވަސީލަތެކެވެ. ރާއްޖޭގެ ސަރަހައްދުން މިފަދަ އުޅަނދެއް ފެނުމަކީ ސަރަހައްދީ ސަލާމަތާއި ރާއްޖޭގެ އިސްތިގުލާލާ ގުޅޭގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް މީސްމީޑީއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު