ވޭޕްގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި މީހާ
ވޭޕްގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި މީހާ
ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، ގ. ވައިޓްރޯސް، ނުހާމް މުޙައްމަދު ޝިޔާން (25އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި، ވޭޕް އަދި ޕޮޑް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، ވޭޕްގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު