ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ބޭސް އެތެރެކޮށް، އިޝްތިހާރުކޮށް، ވިއްކާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ހާމަކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ، ހުއްދަތައް ނުނަގައި އޮންލައިން ޕްލެޓްފޯމުތަކުގައި އެކި ކަހަލަ ބޭސް އިޝްތިހާރުކޮށް ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ރާއްޖެއަށް ވިޔަފާރި އުސޫލުން ބޭސް އެތެރެކޮށް ވިއްކޭނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކަށް އެކަނި ކަމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފަ އެވެ.
ހާއްސަކޮށް، ހަކުރު ބައްޔަށް ބޭނުންކުރާ 'އޮޒެމްޕިކް' އާއި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ 'އަޒްލިއެކް އެސިޑް' ފަދަ ބޭސްތައް ބަރުދަން ލުއިކުރުމަށާއި މޫނު ރީތިކުރުމަށް ބޭނުންކުރާ ބޭސްތަކެއްގެ ގޮތުގައި އިޝްތިހާރުކޮށްގެން ވިއްކުމަކީ މަނާކަމެއް ކަމަށާއި، މިފަދަ ބޭސްތަކަކީ ޑޮކްޓަރުގެ ލަފަޔާ ނުލާ ބޭނުންކުރުމުން ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ އެއްޗެއްކަން އެމްއެފްޑީއޭން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން، ގަވާއިދާ ހިލާފަށް ބޭސް އެތެރެކޮށް އިޝްތިހާރުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު