ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި، މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ތަފާތު ހުށަހެޅުންތަކަކަށް މަޝްވަރާކޮށްފައިވާއިރު، އޭގެ ތެރޭގައި ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމާއި، ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ބަހުސްކުރެވުނެވެ.
މަޝްވަރާތަކަށްފަހު ޖޭޕީގެ ކައުންސިލުން ނިންމީ، ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓުން ނެރޭނީ ހަމައެކަނި މާމިގިލި ދާއިރާއަށް ކަމަށެވެ.
އަދި ރާއްޖޭގެ އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީ ކެނޑިޑޭޓުންނަށް ފުރިހަމައަށް ތާއީދުކުރުމަށް ޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އެޕްރިލް 4 ގައެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި 133 ރަށަކަށް ކައުންސިލް ރައީސާއެކު 3 ކައުންސިލަރުން އަދި 46 ރަށަކަށް 5 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ.
އަދި މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބު ކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު