ދިވެހިރާއްޖޭގެ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ކޮންމެ ސަރުކާރެއް އައި ނަމަވެސް، އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނަށް ދައްކާ އެންމެ ބޮޑު "ހުވަފެނަކީ" ބޯހިޔާވަހިކަމެވެ. ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރަކީ، މި މުހިންމު ބޭނުން ސިޔާސީ ހަތިޔާރަކަށް ހަދައި، ނިކަމެތި ރައްޔިތުންގެ އިޙްސާސްތަކާ ކުޅެމުންދާ މަންޒަރެވެ. މިއީ ސިޔާސީ މައިދާނުގައި އުފަންވެފައިވާ އާ އުކުޅެއް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.
މިހާރުގެ ސަރުކާރުން އިޢުލާނުކޮށްފައިވާ "އެންމެނަށް ބޯހިޔާވަހިކަން" މަޝްރޫޢަކީ އޭގެ ޒާތުގައި ވަރަށް ފުރިހަމަ، އުންމީދީ ނަމެކެވެ. ނަމަވެސް، މިފަދަ ބިޔަ މަޝްރޫޢުތައް އިޢުލާނުކުރެވި، އޭގެ ޢަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ކަމެކެވެ. ގިނަ ފަހަރަށް ފެންނަނީ، ކަރުދާހުގައި ކުރެހިފައިވާ ފުރިހަމަ ކުރެހުންތަކާއި، ޗާޓުތަކުން ރައްޔިތުންގެ ލޮލުގައި އަނދުުން އަޅުވާލާ މަންޒަރެވެ. މިއީ ހަޤީޤީ ޙައްލަކަށްވުރެ ބޮޑަށް، އިންތިޚާބީ ފައިދާއަށްޓަކައި ދައްކާ "ޚިޔާލީ ފްލެޓްތަކެއް" ކަމުގެ އިޙްސާސް ގިނަ ބަޔަކަށް ކުރެވެއެވެ.
މި ސިލްސިލާގެ ކުރީގެ ބާބަށް ބަލާއިރު، ކުރީ ސަރުކާރުން ކަނޑުފަޅުތަކުން ގޯތި ދޫކުރި ގޮތަކީ މިކަމުގެ އެންމެ ސާފު ހެކިލިބޭ އެއް މިސާލެވެ. ގިރާވަރު ފަޅާއި، ގުޅީފަޅު އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު، އޭގެ ތެރެއިން ބައެއް ތަންތަނަކީ އަދިވެސް ހިއްކައި ނުނިމޭ، ލޮނުގަނޑުގެ އަޑީގައި ހުރި ތަންތަނެވެ. ރައްޔިތުންގެ އަތަށް "ގޯތީގެ ރަޖިސްޓްރީ" ދިނުމަކީ އެމީހުންގެ ބޯހިޔާވަހިކަން ކަށަވަރުވުން ކަމުގައި ދެއްކި ނަމަވެސް، ހަޤީޤަތުގައި އެއީ ކަނޑުފަޅުން ދިން "ޚިޔާލީ" ބިމެކެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ އުންމީދުތަކާ ކުޅެލި ކުޅިވަރެކެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން، މިއަދު ރައްޔިތުން ތިބީ ކޮންމެ ފަދަ އުއްމީދެއްގައިވެސް ބައިވެރިވާން ތައްޔާރަށެވެ. ކުޑަކުޑަ ގޮޅިއެއް ފަދަ ތަންތަނުގައި ބޮޑު ކުލި ދައްކައިގެން އުޅޭ ރައްޔިތުން، ބޯހިޔާވަހިކަމަށް އެދި ސިޔާސީވެރިންގެ ދޮރުމަތީގައި ސަލާންޖަހަން ޖެހުމަކީ ނުހަނު ހިތާމަވެރި ކަމެކެވެ. ރައްޔިތުންގެ މި ނިކަމެތިކަމާއި ކެތްތެރިކަން ކުޑަވެފައިވާ މިންވަރުގެ ނާޖާއިޒު ފައިދާ ސަރުކާރުތަކުން ދަނީ ނަގަމުންނެވެ. "މިވެނި ބަޔަކަށް ވޯޓު ދީފިނަމަ ފްލެޓް ލިބޭނެ" ކަމަށް ބުނެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ވޯޓަށް ބަދަލުކުރާ މަންޒަރަކީ ފެންނަން އޮތް ޙަޤީޤަތެވެ.
ޙަޤީޤަތުގައި ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށާވަރު ކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤުގެ ނަމުގައި ރައްޔިތުންނަށް ދަޅަދެއްކުމާއި، ޚިޔާލީ މަޝްރޫޢުތަކުން އުންމީދު އާކުރުވުމަށްފަހު އެ އުންމީދުތައް ފުނޑުފުނޑު ކޮށްލުމަކީ ބޮޑުވެގެންވާ ބޭއިންސާފެކެވެ. ސަރުކާރުތަކުން ރައްޔިތުންގެ ކިބައިން ސިޔާސީ ފައިދާ ނެގުމުގެ ބަދަލުގައި، އިޚްލާޞްތެރިކަމާއެކު މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭން ޖެހެއެވެ. ރައްޔިތުންގެ އިޙްސާސްތަކަކީ ސިޔާސީ ކުޅިބައެއްގެ ގޮތުގައި ބޭނުންކުރާ އާލާތަކަށް ވެގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު