މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އެންވަޔަރަމެންޓް މިނިސްޓްރީން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ހާލަތްތައް ކަމަށްވާ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކަނޑުގަދަވުމުގެ މައްސަލަތަކަށް ވަނީ އަލިއަޅުވާލާފައެވެ.
މީގެ އިތުރުން، ދުރު ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ކަމަށްވާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ކަންކަމުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ރާއްޖެއިން ބައިނަލްއަގްވާމީ ކްލައިމެޓް ފަންޑުތަކުން އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތުވެސް މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައެވެ.
ބައްދަލުވުން ނިންމާލަމުން، މޫސުމަށް އަންނަ ބަދަ
ލުތަކާ ގުޅިގެން ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ހޯދުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ފަރާތުން ބާރުއެޅިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު