ފުވައްމުލަކު
ފުވައްމުލަކު
ތާރީޚީ ރެކޯޑުތަކުން ދައްކާ ގޮތުގައި މީގެ 81 އަހަރު ކުރިން، 1944 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ދެކުނުން ފުވައްމުލަކާ ގާތްގަނޑަކަށް 195 ކިލޯމީޓަރު ދުރުމިނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ.

ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ ޢާންމުކޮށް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އަންނަ ލީޕް އިޔަރ އެއްގެ ފެބްރުއަރީ 29 ގައެވެ.

ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ބިންހެލުން އައިސްފައިވަނީ ބައިނަލްއަގުވާމީ ގަޑިން އެ ދުވަހުގެ ހަވީރު 16:28 ގައެވެ. އެއީ އޭރު ރާއްޖޭގައި ގަޑި ބަލަމުންދިޔަ ގޮތަށް ބަލާނަމަ، އެރޭގެ 9:22 ހާއިރުއެވެ.

މި ބިންހެލުން އައި ސަރަހައްދަކީ ފުވައްމުލަކާ ދުރުގައި ކަނޑުގެ އަޑީގައި ވާ ސަރަހައްދަކަށްވާއިރު، މިއީ "މެގްނިޓިއުޑް ޓައިޕް" ނުވަތަ މޯމެންޓް މެގްނިޓިއުޑް ސްކޭލުން މިނެފައިވާ ބާރުގަދަ ބިންހެލުމެކެވެ.

މި ބިންހެލުމަކީ ރާއްޖޭގެ ސަރަޙައްދަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެއް ނަމަވެސް، އޭރުގެ ވަސީލަތްތައް ހުރިގޮތުންނާއި މި ބިންހެލުން އައި ސަރަޙައްދުގެ ދުރުމިނުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރެކޯޑުތަކުން ދައްކާގޮތުގައި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ތަޖުރިބާ ހިއްސާކޮށް ރިޕޯޓުކޮށްފައެއްވެސް ނުވެއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާ ކައިރި ސަރަޙައްދަކަށް އައި އެންމެ ފާހަގަކޮށްލެވޭ އެއް ބިންހެލުމެވެ.



ކިޔުންތެރިންގެ ހިޔާލު