ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި، 20 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓެކުހަށް މަކަރުހެދި ކަމުގެ ތުހުމަތުގައި މަޝްހޫރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ދިރާސާކުރުމަށްފަހު، ޑރ. އިކްލީލް ޝަރީފާއި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ އިތުރުން މި މައްސަލާގައި ހިމެނޭ ކުންފުނިތަކާއި އިތުރު މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 20 ޖަނަވަރީ 2026 ގައެވެ.
މި މައްސަލައަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި އޮޅުވާލުންތަކެއް ހުރިކަމަށް ފާހަގަކުރެވިގެން މީރާއިން ތަޙުޤީޤުކޮށް ހުށަހެޅި މައްސަލައެކެވެ.
އެގޮތުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ 3 ދަޢުވާއަކާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދަޢުވާއެއް ކޮށްފައިވާއިރު، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ 2 ދަޢުވާ ކޮށްފައިވެއެވެ.
ހަމައެއާއެކު ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ 3 ދަޢުވާ ކޮށްފައިވާއިރު، ޑރ. އިކްލީލް ޝަރީފް އަދި ޢަލީ ފަޔާޟްގެ މައްޗަށް ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ 5 ދަޢުވާ ވަނީ ކޮށްފައެވެ.
މިމައްސަލާގައި، މީރާގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، މި ދެ ކުންފުނިން ޖުމްލަ 20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ) ގެ ޓެކްސް ދެއްކުމުން ވަނީ ޤަޞްދުގައި އެއްކިބާވެފައެވެ. ދައުލަތުން ބުނެފައިވަނީ މި ކުށް ސާބިތުވާ ޙާލަތުގައި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނަ ކަމަށްވާ 40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން މި ކުންފުނިތައް ޖޫރިމަނާކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
މި މައްސަލާގައި ހިމެނޭ ވަކިވަކި މީހުންގެ ދައުރަށް ބަލާއިރު، ޑރ. އިކްލީލް ޝަރީފަކީ ދެ ކުންފުނީގެވެސް މެޖޯރިޓީ ޙިއްޞާދާރެވެ. ޑރ. ޢަލީ ޢަބްދުﷲ ލަޠީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ 50 އިންސައްތަ ޙިއްޞާދާރުގެ އިތުރުން، ކޮވިޑްގެ ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި އިސްކޮށް އުޅުއްވި ފަރާތެވެ. އަދި ޢަލީ ފަޔާޟަކީ މި ކުންފުނިތަކުގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ އުފުލި ފަރާތެވެ.
ދައުލަތުން ވަނީ މި މީހުންގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު