އައިޖީއެމްއެޗްގެ ފަރޓިލިޓީ ސެންޓަރ
އައިޖީއެމްއެޗްގެ ފަރޓިލިޓީ ސެންޓަރ
އާސަންދައިގެ ދަށުން މިއަހަރު އައިވީއެފް ހަދަން ޝަރުތުހަމަވީ 39 މީހުން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ބުނީ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން މުއްދަތު ހަމަވިއިރު އެހީއަށް އެދި 135 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންސްޕާއިން ކަނޑައެޅި ޝަރުތުހަމަވީ 39 މީހުން ކަމަށާއި، އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ އެހީހަމަޖެހިފައިވާ މީހުންނަށް ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށް އެންސްޕާ އިން މަޢުލޫމާތުދެއެވެ.

އައިވީއެފް އަދި އައިޔޫއެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލުގައިވާ ގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވާން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު