ބޭސް ސިޓީތަކަށް ބޭސް ނުލިބުމުގެ ސަބަބުން ދިވެހި އާއިލާތަކުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ އިހުމާލާ މެދު އާންމުންގެ ފާޑުކިޔާތާ ކިތަންމެ ދުވަހެކެވެ. ޚާއްޞަކޮށް، ފިޓުޖެހުން ފަދަ ނުރައްކާތެރި ބަލިތަކަށް ބޭނުންވާ މުހިންމު ބޭސްތައް މާކެޓުން ހުސްވެފައިވާތާ މަސްތަކެއް ވެފައިވާތީ، ބަލިމީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.
މީސްމީޑިއާގައި މިކަމުގެ ކަންބޮޑުވުން ހިއްސާކުރި ބެލެނިވެރިއަކު ބުނި ގޮތުގައި، ވޭތުވެދިޔަ 16 އަހަރު ދުވަހު މެދުނުކެނޑި ލިބެމުންދިޔަ ބޭސް މިހާރު ނުލިބޭތާ 6 މަސް ވެއްޖެއެވެ. "މިހާރު މިކަން ނުވެގެން ދަރި ފިޓުޖެހެނީ، މަރުފަލި މި ޖަހަން ޖެހެނީ. ކޮބާ ތިޔަ ބުނާ މޮޅު ސަރުކާރު؟" އޭނާ ސުވާލު އުފައްދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން ބޭސް ލިބޭނެ ކަމަށް ބުނެ ވަމުންދާ ވައުދުތަކަކީ ހުސް "ދޮގާއި މަކަރާއި ހީލަތެވެ". ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްޓީއޯގެ ދަށުން ބޭސް އެތެރެކުރުން ވަކިކޮށް، އާ ކުންފުންޏެއް އުފެއްދުމާއި، ޔޫރަޕުން ބޭސް ގެންނާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކުން އާންމު ރައްޔިތުންގެ ޖީބަށް ނުވަތަ ސިއްހަތަށް ކުރި ހެޔޮ އަސަރެއް ފެންނާކަށް ނެތެވެ. ރައްޔިތުން ބުނާ ގޮތުގައި، ސަރުކާރުގެ އިސްވެރިން "އަނގަ އޮތީތީ އަނގަ އެރުވިޔަސް" ބޭސް ނުލިބިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުރާ އަސަރު އިހުސާސް ކުރެވެނީ ހަމައެކަނި އެ އާއިލާތަކަށެވެ.
މީގެ އިތުރުން، އާސަންދައިގެ ދަށުން ބޭސް ލިބުމަށް ހުރި ހުރަސްތަކާއި، އަމިއްލަ ފާމަސީތަކުން ގިނަ ބޭސްތައް ވިއްކުން ހުއްޓާލުމާ ގުޅިގެން އާންމުން އުފުލަންޖެހޭ ތަކުލީފު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި، ސޯޝަލް މީޑިއާގައި ކުރެވޭ ޝަކުވާތަކަށް ސަރުކާރުން ދެމުންދަނީ ބީރު ކަންފަތެކެވެ. ރައްޔިތުން ގޮވާލަމުންދަނީ "މޮޅު އިބާރާތްތަކުން" ވާހަކަދެއްކުން ހުއްޓާލައި، ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށެވެ.
މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުގެ އިހުމާލުގެ ސަބަބުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން މަރާ ހަނގުރާމަ ކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
މެޑިކަލް މާފިޔާއަކީ މުޅި ދުނިޔޭގައި ވަކި ހިއްޕާލާފައި ނުރައްކާތެރި ވަބާއެކެވެ. އެއީ މިއަދު މުޅި ދުނިޔޭގައި ކުރާ އެންމެ ފައިދާބޮޑު ވިޔަފާރިއެވެ. އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތައްދޭ ބޭސްތައް ދިނުމަމާއި އަގު ހެޔޮ ދެރަ ބޭސް އުފައްދައިގެން ބާޒާރުގައި ވިއްކުމަކީ މެޑިކަލް މާފިޔާގެ ވިޔަފާރީގެ އެންމެ ބޮޑު ބައެވެ. ޑޮކްޓަރުން ގަސްތުގައި މީހުންގެ ގައިގައި ނެތް ބަލިތަކުގެ ބޮޑެތި އޮޕަރޭޝަންތައް ކުރުމާއި ދާއިމީކޮށް ފަރުވާ ހޯދަން ޖެހޭގޮތަށް ބޭސް ދިނުންފަދަ ކަންކަމަކީ މެޑިކަލް މާފިޔާގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިކަން ރާއްޖޭގައި ވެސް ހިނގައެވެ. އާސަންދަ އާއެކު ރާއްޖޭގައި އެވިޔަފާރި ބޫސްޓްވެ ހައްދުންނެއްޓިގެން ދިޔައެވެ. މިކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އެކަމަކު އެކަމުން އާންމު ރައްޔިތުންނަށް ގެއްލުން ނުވާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު