ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ނުވަތަ ކަންފުޅެއްވެސް ދޫނުދޭނެ ސަރުކާރެއްގެ ގޮތުގައި އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކި ބައްދަލުވުންތަކުގައާއި ރައްޔިތުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް މި ސަރުކާރުގައި ޖާގައެއް ނެތްކަން ރައީސް އަންނަނީ ތަކުރާރުކޮށް ކަށަވަރުކޮށްދެއްވަމުންނެވެ.
މިހާތަނަށް ފެނިގެންދިޔަ މަންޒަރުތަކަށް ބަލާއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ބައެއް ބޭފުޅުން މަގާމުތަކުން ވަކިކޮށްފައިވެއެވެ. ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރި ނުވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ މަގާމާއި ނުފޫޒަށް ބެލުމެއްނެތް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު އަބަދުވެސް ދެއްވައެވެ. މިއީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަން ޔަޤީނެވެ.
ނަމަވެސް، މިއަދު ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދެމުންދާ މަންޒަރުވެސް ދަނީ ފެންނަމުންނެވެ. ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމަކީ، ކޮރަޕްޝަންގެ ތުހުމަތުގައި އެއް މަގާމުން ވަކިކުރާ ބޭފުޅުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހެން އިދާރާއަކުން ނުވަތަ ސަރުކާރުގެ އެހެން މަގާމަކުން ފެނިގެންދާ ކަމެވެ. މި މަންޒަރު ފެނުމުން، އެބޭފުޅުންނަކީ ރައްޔިތުންނަށް "ބަލަދު އަރާފައި" ތިބި ބައެއް ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެއެވެ. ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގައި މަސްއޫލިއްޔަތުތަކުން ދުރުކުރެވޭ ފަރާތްތައް، ވެރިކަންކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުން ފެނުމަކީ ނަޒާހަތްތެރިކަމުގެ މިންގަނޑުތަކާ މެދު ފާޑުކިޔުން އަމާޒުވާ ކަމެކެވެ.
ޚާއްޞަކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކަށް އަމާޒުކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓުން ނެރޭއިރު، އޭގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮތް ފަރާތްތައް ހިމެނޭކަމީ ރައްޔިތުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ. އެފަދަ ބޭފުޅުން ޕާޓީގެ ކުރީ ސަފުން ފެނުމާއި، އެބޭފުޅުންނަށް ސަރުކާރުގެ ތާއީދު އޮތްކަން ހާމަވުމަކީ، ރައީސްގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތާމެދު އާންމުން ސުވާލު އުފައްދާ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ދާދިފަހުން ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ނަންތައް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި އެބައޮތް ކަމަށެވެ. ހަނިމާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޣަފޫރު ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުންގެ ލިސްޓު އޭނާ ބެއްލެވިއިރު، މި ސަރުކާރުގެ ކެންޑިޑޭޓުންގެ ނަންތައް އެ ލިސްޓުގައި ހިމެނެއެވެ.
ޣަފޫރުގެ ވާހަކައިގައި ވަކި ބޭފުޅެއްގެ ނަން ހާމަނުކުރެއްވި ނަމަވެސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި، މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރުގެ ޓިކެޓުގައި ވާދަކުރާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ ނަން ހިމެނޭކަން ވަނީ ކުރިން ހާމަވެފައެވެ. އެ ލިސްޓުގައިވާ ގޮތުން، ފިނިފެންމާ ލޯންޗް ގޮވި ހާދިސާ ހިނގި ދުވަހު މެންދުރު ސްޓެލްކޯ ކައިރިން 500،000 ރުފިޔާ އާއި، 2014 އަދި 2015 ވަނަ އަހަރުގެ އެކި ފަހަރު މަތިން ޖުމްލަ 1،500،000 ރުފިޔާ އޭނާ ހޯއްދަވާފައިވެއެވެ.
މި މައްސަލައިގައި 2023 ވަނަ އަހަރު މޫސާ އަލީ ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އޭސީސީން ބުނެފައިވަނީ، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ އޭނާ ހޯދާފައިވާ ފައިސާ ކަމަށާއި، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
ނަމަވެސް، މިފަދަ ބޮޑެތި ތުހުމަތުތަކެއް އޮތް ބޭފުޅަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ދާދިފަހުން ދެއްކެވި ވާހަކަފުޅުން ރައްޔިތުން ވަނީ ހައިރާންކުރުވާފައެވެ. ކެމްޕެއިން އިވެންޓެއްގައި ރައީސް ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ އެމަނިކުފާނުގެ "ޗޮއިސް" ކަމަށާއި، އިންތިހާބަށް ކުރިމަތިލުމަށް އެދިވަޑައިގަތީވެސް އަމިއްލަފުޅަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު މިފަދަ ބޭފުޅަކު ބޭނުންފުޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި "އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު" މަސައްކަތް ކޮށްދެއްވާނެ ބޭފުޅަކު ބޭނުންވާތީއެވެ.
ވައްކަމާއި ކޮރަޕްޝަން ހުއްޓުވޭނީ ހަމައެކަނި ދައްކާ ވާހަކައަކުން ނޫނެވެ. އޮތީ މޫނަށް، ކަނދުރާއަށް، ނުވަތަ އެމީހެއްގެ "ވޮލެޓަށް" ބެލުމެއް ނެތި، ކުށްކުރާ ކޮންމެ މީހަކަށް ހައްގު އަދަބު ދީގެންނެވެެ. ތުހުމަތު އޮތް ބޭފުޅުން ބޮލަށްލައިގެން އުޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް މަގާމުތަކުންނާއި ސިޔާސީ މައިދާނުން އެކަހެރިކޮށް، ދައުލަތުގެ ފައިސާއަށް އަމާނާތްތެރިވާނެ މީހުންނަށް ފުރުސަތު ދިނުމަކީ ރައްޔިތުން މިއަދު އެދޭ ގޮތެވެ. ވައްކަމާއި ކޮރަޕްޝަނަށް "ނޫނެކޭ" ބުނަމުން، އެފަދަ ތުހުމަތު އޮތް ބޭފުޅުން ގޮވައިގެން ވޯޓު ހޯދަން ވަޑައިގަތުމަކީ ރައީސްގެ އަމަލާއި ބަހާއި ދިމާނުވާކަން ހާމަވެ، އެމަނިކުފާނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމަށް ރައްޔިތުންނަށް ލިބޭ ބޮޑު ޖާގައެކެވެ. ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯއްދެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި، އެމަނިކުފާނުގެ އަރިހުގައި ތިއްބަވަންވާނީ އަބުރާއި އިއްޒަތްތެރިކަން ހުރި، ފަސްބައިގަައި ކިލަނބުކަމެއް ނެތް ނަޒާހަތްތެރި ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު