ބާރު ސްޕީޑްގައި ތަރައްޤީ ދައްކައިގެން ހަދާ ދޮގަށް ތިން އިންތިޚާބު ދޭން ރައްޔިތުން ބޭނުންވާނެތޯ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ސުވާލުކުރަށްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ މ. މަޑުއްވަރީ ދާއިރާގެ މިސާލު ނަންގަވައި، ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވާ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ސުވާލުކުރެއްވީ މަޑުއްވަރީ ދާއިރާގެ ކަންކަން ނުވެގެން މިއުޅެނީ ސަރުކާރަށް ކިތައް ގޮނޑި މަދުވެގެންތޯ އާއި، އެ ދާއިރާގައި ކޮން ކައުންސިލަކުން ކާކު ހުރަސްއަޅާތީތޯއެވެ.
މޫކޭ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ޕީއެންސީގެ ބޭފުޅެކެވެ. މަޖިލިސް މެންބަރަކީ ވެސް ޕީއެންސީގެ ބޭފުޅެކެވެ. އަދި ކައުންސިލްތައް ވެސް އޮތީ ޕީއެންސީގެ ކޮންޓްރޯލްގެ ދަށުގައެވެ. މިފަދަ ހާލަތެއްގައި އޮތް އިރުވެސް، ކަންކަން ނުވެ އޮތް ކިތައް ދާއިރާ އެބައޮތްތޯ އޭނާ ސުވާލުކުރެއްވިއެވެ.
"3 އަހަރު ގުނާއިރު ވީކަމެއް ހަރާން. ބާރު ސްޕީޑްގައި ތަރައްޤީ ދައްކައިގެން ހަދާ ދޮގަށް 3 އިންތިޚާބު ދޭން ރައްޔިތުން ބޭނުންވާނެބާ؟" ސަރުކާރުގެ ސްޕީޑާމެދު ސުވާލު އުފައްދަވަމުން މޫކޭ އެކްސްގައި ލިޔުއްވާފައިވެއެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑޜ. މުޢިއްޒު ވިދާޅުވީ ރަށްރަށުގައި ހިންގުމަށް ބަޖެޓު ކުރެވިފައިވާ ބައެއް މުހިއްމު މަޝްރޫޢުތައް ނުފެށި ލަސްވަމުންދަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ބައްލަވައިލެއްވި ލިސްޓަކުން އެތައް ރަށެއްގައި މީގެ ދެތިން މަސް ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތައް ނުފެށި ހުރިކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުން ބިން ހަވާލުނުކުރުމެވެ.
"މިސްކިތް އަޅަން، ސްކޫލް އެކްސްޓެންޝަން އަޅަން، ހެލްތު ސެންޓަރުގެ މަސައްކަތްތަކާއި ސްޕޯޓްސް މަޝްރޫޢުތަކަށް ބިން ހަވާލުނުކޮށްގެން މަސައްކަތް ހުރީ ހުއްޓިފައި. މިއީ ކައުންސިލުން ކުރަންޖެހޭ ކަމެއް. މީގެ ސަބަބުން ގެއްލުން މިވަނީ އެ ރަށެއްގެ ރައްޔިތުންނަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ކައުންސިލްތަކުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ މަޝްރޫޢުތަށް ރަށްރަށުގައި ހިންގޭގޮތަށް މިފަހުން ވަނީ ބަދަލު ގެނެސްފައެވެ.
މޫކޭ ތިން އިންތިހާބުގެ ގޮތުގައި ފާހަގަކުރައްވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބެވެ. މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ އަށް ވަނީ ސުޕަ މެޖޯރިޓީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު