ރައީސް އޮފީސް ކުރިމަތީ މި ސަރުކާރުން ހެދި މީޑިއާ ފެންޑާ ހެދުމަށް 42،807 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މި މައުލޫމާތު ހާމަކޮށްފައިވަނީ އެތަން ހެދުމަށް ކުރި ހަރަދުގެ ތަފްސީލު ހޯދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީޑިއާއަކުން އެ އޮފީހަށް ހުށަހެޅުމުންނެވެ. އޭގެ ޖަވާބު މިއަދު ފޮނުވަމުން ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާ ހެދުމަށް އެ އޮފީހުން ހަރަދުކޮށްފައި ވަނީ 42،807.96 ރުފިޔާ ކަމަށެވެ.
މި ސަރުކާރުން ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި މީޑިއާ ފެންޑާ ގާއިމްކުރީ ރައީސް އޮފީހުން ރައީސް އާއި މިނިސްޓަރުން ނުކުތުމުން ސުވާލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެއެވެ.
ކުޑަ ސިޑިބަރިއަކާ އެކު ހިޔާކޮށް، ކަރަންޓް ލިބޭ ގޮތަށް މި ތަން ގާއިމްކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް ހުއްދަ ނުހޯދާ ބައެއް ނޫސްވެރިން އެ ތަން ބޭނުންކުރަމުންދާ ކަމަށް ބުނެ އެ ތަން އުވާލައި، އެތަނުގެ ސިޑިބަރި ތަޅާލީ މިދިޔަ އޮކްޓޯބަރު މަހުތެރޭގައެވެ.
ސަރުކާރުން މީޑިއާ ފެންޑާ ތަޅާލީ މީޑިއާ ރެގިއުލޭޓުކުރުމުގެ ޤާނޫނާ ދެކޮޅަށް މުޒާހަރާ ކުރުމަށް ނޫސްވެރިން އެތަން ބޭނުން ކުރަމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު