ބ. އޭދަފުށީގައި މިދިޔަ މަހުގެ 15 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން، އެ ހާދިސާގައި ހިމެނޭ ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މަޣްރިބު ނަމާދަށްފަހު ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ އޭދަފުށީ ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ އަށެވެ.
އަބޫބަކުރު ހިނގާފައި ގެއަށް ދަނިކޮށް ޕިކަޕަކުން ޖެހި ހިނގި މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޕިކަޕް ދުއްވަން އިން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ ބަންދަށް ޖެހި 15 ދުވަހުގެ މުއްދަތު އިއްޔެ ހަމަވުމުން، ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ޕިކަޕް ދުއްވަން އިންމީހާ ބަލަންވާ ވަރަށް ނުބަލައި ދުއްވުމުގެ ސަބަބުންނެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު