އަޔާޒް މުހައްމަދު
އަޔާޒް މުހައްމަދު
އޮޅުވާލައިގެން ޑޮލަރު ހޯދާ ކަމުގެ ތުހުމަތުގައި، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕު "ހަބޭސް" ގެ ފަންނާނެއް ކަމަށްވާ އަޔާޒް މުހައްމަދު އެ ގްރޫޕުން ވަކިކޮށްފިއެވެ.

ހަބޭސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ގާނޫނާ ހިލާފު އެއްވެސް އަމަލަކަށް އެ ގްރޫޕުން އެއްވެސް އިރެއްގައި ހިތްވަރު ނުދޭނެ ކަމަށާއި، އަދި މިފަދަ ކަންކަމުގެ ސަބަބުން ގްރޫޕުގެ ނަން ކިލަނބުވާނެތީ އެކަމާ މެދު ހިތާމަކުރާ ކަމަށެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު، ގްރޫޕުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަޔާޒަށް ނަސޭހަތްތެރިވެ، އިތުރު ފުރުސަތެއް ދިން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އޭގެ ފަހުންވެސް އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ، އެންމެ ފުރަތަމަ އޭނާ ވަނީ ގްރޫޕުގެ ހުރިހާ ހަރަކާތްތަކުން އެކަހެރިކޮށްފައެވެ.

މިހާރު މި މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާތީ، ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އަޔާޒަކީ މިއަދުން ފެށިގެން ހަބޭސް ގްރޫޕުގެ މެންބަރެއް ނޫން ކަމަށް މެނޭޖުމަންޓުން ވަނީ ކަނޑައަޅާފައެވެ. 2011 ވަނަ އަހަރު އުފެދުނު ހަބޭސް އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބޮޑުބެރު ގްރޫޕެވެ.



ކިޔުންތެރިންގެ ހިޔާލު