ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަކީ ޢިލްމަށް ގަދަރުވެރިކަމެއް ދޭ ސަރުކާރެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ބޮޑުވެފައިވަނިކޮށް ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވަނީ މިއަދު އިސްތިޢުފާ ދެއްވާފައެވެ. މީގެ ކުރިން މިމުޢާމަލާތާމެދު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އިނާޒް ވެސް މިހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ އެ މުއާމަލާތާއިގެން ކުރިއަށް ނުދިއުމަށް ސަރުކާރަށް ތަކުރާރުކޮށް ލަފާ އެރުވުމުންވެސް އެކަމަށް ކުރިއެރުމެއް ލިބިފައި ނުވާތީއެވެ.
އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕެންޝަން ބޯޑަށް ވަގުތީ ޗެއަރޕާސަނެއް އައްޔަނުކޮށް ސަރުކާރުން ބޭނުންވި ގޮތަށް އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ ދާއިރާގެ ފަންނީ އަދި ތަޖްރިބާކާރު ބޭފުޅުން "ތިޔަކުރެއްވެނީ ރަގަޅު ކަމެއްނޫން" ކަމަށް ވިދާޅުވަމުން ދިޔައިރުވެސް، ސަރުކާރުން ބޭނުން ގޮތަކަށް ކަންނިންމާލުމުން ދޭހަވަނީ ރައީސް މުއިއްޒުގެ ސަރުކާރަކީ ޢިލްމަށް ގަދަރުވެރިިކަން ދޭ ސަރުކާރެއް ނޫން ކަމުގައެވެ.
އަދި މިކަމުން ދޭހަވަނީ ރައީސް މުއިއްޒުގެ ސަރުކާރަކީ ތިމާގެ އަމިއްލަ ރައުޔު ނޫން އެހެން ރައުޔުތަކަށް އިޙްތިރާމްކުރަން ދަންނަ ސަރުކާރެއް ނޫންކަން ކަމަށްވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު