ދަރަނި 136 އިންސައްތައަށް އަރައި ފައިސާ ޗާޕުކުރަނީ އާ އުކުޅުތަކަކުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ދަރަނި މިހާރު ޖީޑީޕީގެ ނިސްބަތުން 136 އިންސައްތައަށް އަރާފައިވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ފައިސާ ޗާޕުކުރުން ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޕެންޝަން ފަންޑާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން އަންނަނީ އެކި އުކުޅުތައް ބޭނުންކޮށްގެން ފައިސާ ޗާޕުކުރަމުން ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ.
"ދަރަނި 115 ޕަސެންޓުގައި ހުރެގެން ކަންބޮޑުވެގެން އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވި ބޭފުޅެއްގެ 2 އަހަރު ނިމުނު އިރު 136، އެއީ މިއަދަށް ބަލަންޏާ އެ އަދަދު އުޅޭނެ 145 ހިސާބުގައި. ރިޔާސީ ބަޔާނުގައި މިވައުދުވާ ވައުދުވުމާއި ގައުމު ހިންގާ ގޮތާއި ނެތް އެއްވެސް ކަހަލަ ގުޅުމެއް. ދެން ވިދާޅުވީ ފައިސާ ޗާޕް ނުކުރާނަމޭ. ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ދުވެލިވެސް އުންމީދު ކުރި މިންވަރަށްވުރެ ދަށަށް ގޮސްފައިވާކަމާއި، ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް ވީ ވައުދުތައް ފުދެމުން ނުދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު