ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް: ރާއްޖޭގައި މިހާރު ތުރުކީ ސިފައިން އެބަތިބި ކަމަށާއި ދެން އަންނާނީ އެމެރިކާ ސިފައިން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް
ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް: ރާއްޖޭގައި މިހާރު ތުރުކީ ސިފައިން އެބަތިބި ކަމަށާއި ދެން އަންނާނީ އެމެރިކާ ސިފައިން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް
ރާއްޖޭގައި މިހާރު އިންޑިއާއާއި ތުރުކީގެ ސިފައިން އެބަތިބި ކަމަށާއި، ދެން ރާއްޖެއަށް އަންނާނީ އެމެރިކާގެ ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ބޭރުގެ ސިފައިން ބޭރުކުރުމުގެ ވައުދާއެކު ނަމަވެސް، މިހާރު ކުރިއަށްވުރެ ގިނައިން ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. އަދި ތުރުކީން ގެނައި ޑްރޯންތައް އޮޕަރޭޓްކުރަން ދަސްކޮށްދިނުމުގެ ނަމުގައި އެ ގައުމުގެ ސިފައިން ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، އަމީން ވިދާޅުވީ ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގުމުގެ ފުރުސަތު އެމެރިކާއަށް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރުން މިފަދަ ފުރުސަތުތައް ދެނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

މި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ފޮނުވާލާފައިވާ ކަމަށާއި، މިހާރު ތިބީ ހަމައެކަނި އިންޑިއާގެ މަދަނީން ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ ރާއްޖޭގައި އަދިވެސް ބޭރުގެ އަސްކަރީ ބާރުތައް އެބަތިބި ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް