ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުގައި ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބިދޭސީއަކު ފެނިގެން އޭނާ ޓެސްޓްކުރާތީ އެރަށަށް މީހުން އަރާފޭބުން ހުއްޓުވައިފިއެވެ.

އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓަށް އަރާފޭބުން ވަގުތީ ގޮތުން ހުއްޓުވީ އެރަށުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީންކޮށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަމުން ދާތީއެވެ.

އެންމެ ފަހުން އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވި ރީތި ރަށުގެ އިތުރުން ކޮރޯނާވައިރަސްގެ ސަބަބުން އަރާފޭބުން ވަގުތީ ގޮތުން މިހާރު ހުއްޓުވާފައިވާ ރަށްތަކަކީ ޅ. އަތޮޅު ކުރެއްދޫ އައިލެންޑް ރިޒޯޓާއި އއ އަތޮޅު ސޭންޑީޒް ބަތަލާ އައިލެންޑް ރިޒޯޓާއި އދ. އަތޮޅު ވިލަމެންދޫ އައިލެންޑް ރިޒޯޓާއި، އއ. އަތޮޅު ކުރަމަތި މޯލްޑިވްސްއެވެ.

އެޗްޕީއޭއިން ބުނީ މި ނޫން އެއްވެސް ރަށަކަށް އަރާ ފޭބުން ހުއްޓުވާފައި ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން