ދުނިޔޭގެ ފުޓްބޯޅަ ތާރީޚު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޑޮސް ސަންޓޯސް އަވޭރޯގެ އުފަންދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އޭނާގެ ފުޓްބޯޅަ ޙަޔާތަކީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ.
5 ފެބްރުއަރީ 1985 ގައި ޕޯޗުގަލްގެ މަޑޭރާ ޖަޒީރާގެ ފުންޗަލްގެ ސައޯ ޕެޑްރޯ ޕެރިޝްގައި އުފަންވި ރޮނާލްޑޯ ބޮޑުވީ ނިކަމެތި އާއިލާއެއްގައެވެ. އޭނާއަކީ ހަތަރު ކުދިންގެ ޢާއިލާގެ އެންމެ ހަގު ދަރިފުޅަށްވާއިރު، އޭނާގެ މަންމައަކީ ސާފުކުރުމުގެ މަސައްކަތްކުރި މީހެކެވެ. އަދި ބައްޕައަކީ ލޯކަލް ކްލަބެއްގެ ކިޓް މޭންއެއްގެ އިތުރުން ދަނޑުވެރިކަން ކުރި މީހެކެވެ. މަޑޭރާގެ ހަނި މަގުތަކުގައި ފުޓްބޯޅަ ކުޅެން ފެށި ރޮނާލްޑޯގެ ހުނަރުވެރިކަން ކުޑައިރުވެސް ފާހަގަކުރެވުނެވެ.
ރޮނާލްޑޯގެ ޒުވާން ދުވަސްވަރުގެ ކެރިއަރު ފެށީ ލޯކަލް ކްލަބުތައް ކަމަށްވާ އެންޑޮރިންހާ އާއި ނޭޝަނަލް އިންނެވެ. އޭގެ ފަހުން ސްޕޯޓިން ސީޕީ އެކަޑަމީއާ ގުޅި، ޕްރޮފެޝަނަލް ފުޓްބޯޅައިގައި ފައިތިލަ ސާބިތުކުރިއެވެ. އޭނާގެ ހަލުވި ދުވެއްޔާއި، ގޯލު ޖެހުމުގެ ތަފާތު ހުނަރާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ ސަބަބުން ވަރަށް އަވަހަށް ދުނިޔޭގެ ސަމާލުކަން ހޯދައި، "ގްލޯބަލް ސުޕަސްޓާރަކަށް" ވެގެންދިޔައެވެ.
ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ކުޅެ، ރޮނާލްޑޯ ވަނީ ގިނަ އަދަދެއްގެ ތަށިތަކާއި އަމިއްލަ ރެކޯޑްތައް ގާއިމްކޮށްފައެވެ. ފުޓްބޯޅައިގެ އިތުރުން ވިޔަފާރިއާއި ސަގާފީ ދާއިރާގައިވެސް އޭނާއަކީ މިހާރު އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. ޕޯޗުގަލްގެ ކުޑަ ޖަޒީރާއަކުން ރޮނާލްޑޯ ފެށި މި ދަތުރަކީ މިލިއަނުން ގުނާލެވޭ އޭނާގެ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ: ފަހުގެ ތާރީހުގައި އޭނާ ޖެހި އެންމެ ހިތްގައިމު ގޯލް ޖަހަނީ
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށްފަހު، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރާ ގުޅުމަކީ ފުޓްބޯޅަ ދުނިޔެއަށް ލިބުނު ބޮޑު ސިހުމެކެވެ. މި ނިންމުމާއެކު ސައުދީ ޕްރޯ ލީގުގެ މަގުބޫލުކަން ދުނިޔޭގެ ފެންވަރުގައި އުފުލި، މަޤްބޫލު އެހެން ތަރިން އެ ލީގަށް ބަދަލުވުމަށް މަގުފަހިވެގެންދިޔައެވެ. އަދި އަލް ނަސްރުގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދުވެސް އިންތިހާއަށް އިތުރުވިއެވެ.
ސައުދީ ލީގުގައިވެސް ރޮނާލްޑޯ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަލް ނަސްރަށް ކުޅެދިން 110 އަށްވުރެ ގިނަ މެޗުން 99 ގޯލު ކާމިޔާބުކޮށް، އެ ކްލަބުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ. މީގެ އިތުރުން، އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކު ސައުދީ ޕްރޯ ލީގުގެ ރަން ބޫޓުވެސް އޭނާ ވަނީ ހޯދާފައެވެ.
އުމުރުން 41 އަހަރުވީ ނަމަވެސް، ރޮނާލްޑޯގެ ކުޅުން އަދިވެސް ހުރީ އެންމެ މަތީ ފެންވަރުގައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް އޭނާގެ ފުޓްބޯޅައިގެ އައު ވާހަކަތަކެއް ލިޔެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު