ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ރައްޔިތުން އެމްޑީޕީއަށް ވޯޓުދޭންވީ، އެ ސިޓީގެ ރައްޔިތުން ތާއަބަދު "ގުނބޯހެއްދުމަށް" ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ސާބިތުކޮށްދިނުމަށް ކަމަށް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި ކުރިއަށް އޮތް އިންތިޚާބުގައި ވެސް އެ މަގާމަށް ވާދަކުރައްވާ މުހައްމަދު ޝުއާއު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ބޭއްވި އެމްޑީޕީގެ "ހޭވައްލާތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ޝުއާއު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް އިހުމާލުވެ، މަގުހެދުމުގެ މަޝްރޫއުތަކާއި އިގްތިސާދީ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށެވެ.
ޝުއާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ވަނީ އައްޑޫގެ އިދާރީ މިނިވަންކަން ހުއްޓުވައި، ރައްޔިތުންގެ ބިންތައް ފޭރިގަނެފައެވެ. އަދި މަޖިލިސް މެމްބަރުންނަކީ ސަރުކާރުގެ އަޅުންގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މަގު ހެދުމުގެ ބަދަލުގައި ސަރުކާރުގެ މުވައްޒަފުން ބޭނުންކުރަމުންދަނީ ސިޔާސީ ޕާޓީގެ މަސައްކަތްތަކަށް ކަމަށާއި، މި ސަރުކާރުން "ރޯމާ ދުވާލު ވައްކަން ކުރަމުންދާ" ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އައްޑޫގެ ކުރިމަގަށްޓަކައި އެމްޑީޕީގެ ކައުންސިލެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝުއާއު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި އަޅުވެތިކަމާއި ފޭރުމަށް "ނޫނެކޭ" ބުނެ، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ މިހާރު އޮތް ބިރުވެރިކަމުން އަރައިގަނެވޭނެ ހަމައެކަނި މަގު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު