މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤައިދީންނާ ގުޅޭ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ އެ މުއައްސަސާގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހި، މުއައްސަސާއަށް އަންނަ ހެޔޮ ބަދަލެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، "މައި އެމްސީއެސް" ޕޯޓަލްގެ އިތުރުން ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދު މީހުންގެ ޕަރސަނަލް ފައިލްތަކާއި، މެޑިކަލް ރެކޯޑްތަކާއި، މޫވްމަންޓްތަކުގެ އިތުރުން އެހެނިހެން މުހިންމު މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެންނަން ހުރުމަކީ މުއައްސަސާގެ މަސައްކަތްތައް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
އަލަށް ތަޢާރަފްކުރި "މައި އެމްސީއެސް" ޕޯޓަލްއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުން ޚިދުމަތް ހޯދުމަށް ސީދާ އޮފީހަށް އަންނަން ނުޖެހި، ލުއިފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދެވޭނެ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ދާދިފަހުން ހުޅުވި ކަރެކްޝަންސްގެ އައު ފްރަންޓް އޮފީހަކީވެސް އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކަރެކްޝަންސްގެ ޓީމުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވަމުން ވަޒީރު ވިދާޅުވީ، ކަރެކްޝަންސްގެ އަދުގެ ފައުޖަކީ ނަތީޖާ ނެރެދޭނެ ފަދަ ޤާބިލު ފައުޖެއް ކަމަށާއި، އެކަމާ ފަޚުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙްވުމާއެކު، ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ އެ ޕްލޭނާ އެއްގޮތަށް ސަތޭކަ އިންސައްތަ ނަތީޖާ ހާސިލުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަރެކްޝަންސް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އަދި "މައި އެމްސީއެސް" ޕޯޓަލްއަކީ އެ މުއައްސަސާގެ އައިޓީ ޑިވިޜަންގެ މުވައްޒަފުންގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލް ޢާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ ފަހުކޮޅުގައި ކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު