ޗައިނާގެ ހުއިޒޫ ސިޓީއަށް ނިސްބަތްވާ "ޗާއޯ" ނަމަކަށް ކިޔާ މީހަކު، އުކާލާފައިވާ ސިމް ކާޑާއި އިލެކްޓްރޯނިކް ކުނިން ގާތްގަނޑަކަށް 191 ގްރާމްގެ ރަން ވަކިކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
ސޯޝަލް މީޑިއާގައި "އަލްކެމިސްޓް" ނުވަތަ ރަން އުފައްދާ މީހެއްގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ ވަނީ އޭނާ ރަން ވަކިކުރާ ގޮތުގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އޭނާ އަތުލައިގަތް މި ރަނުގެ އަގު ގާތްގަނޑަކަށް 28,000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 431,000 ދިވެހި ރުފިޔާ) އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، މި ޚަބަރާއެކު ގިނަ ބަޔަކު އަމިއްލައަށް ރަން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ އާދައިގެ މީހަކަށް ކުރަން ރައްކާތެރި ކަމެއް ނޫން ކަމަށް ކަމާބެހޭ މާހިރުން އިންޒާރު ދެއެވެ. ޗާއޯ ހާމަކުރި ގޮތުގައި، އެހާ ގިނަ އަދަދެއްގެ ރަން ހޯދުމަށްޓަކައި އޭނާ ވަނީ ގާތްގަނޑަކަށް 2 ޓަނުގެ އިލެކްޓްރޯނިކް ކުނި ބޭނުންކޮށްފައެވެ. މީގެ ތެރޭގައި ހަމައެކަނި ސިމް ކާޑުގެ އިތުރުން، ޓެލެކޮމިއުނިކޭޝަން ދާއިރާގައި ބޭނުންކުރާ އެކި ބާވަތުގެ ޗިޕްތައް ހިމެނެއެވެ. އާދައިގެ އެންމެ ސިމް ކާޑެއްގައި ހުންނަނީ ވަރަށް ކުޑަ (ގާތްގަނޑަކަށް 0.001 ގްރާމް) ރަންކޮޅެކެވެ.
މި މަސައްކަތަކީ ކެމިކަލްގެ ވަރަށް ނުރައްކާތެރި މަރުހަލާތަކެއް ހިމެނޭ ކަމެކެވެ. ރަން ވަކިކުރުމަށްޓަކައި "އަކުއާ ރީޖިއާ" ފަދަ ގަދަ އެސިޑްތައް ބޭނުންކުރަންޖެހޭއިރު، މީގެ ސަބަބުން ނުރައްކާތެރި ދުމާއި ވިހަ ގޭސް އުފެދި، ސިއްހަތަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.
ޗާއޯ ބުނެފައިވަނީ އޭނާއަކީ މިކަމުގެ ހުއްދަ އޮތް، ތަމްރީނު ލިބިފައިވާ ފަންނީ މީހެއް ކަމަށާއި، އާންމުން މިކަން އަމިއްލައަށް ގޭގައި ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު