ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއަކާ އެކު، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފުޓްބޯޅަ އެކަޑެމީތައް ގާއިމުކުރަން ނިންމާފައިވާކަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިއުލާނުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއު އިން ހާމަކުރި ގޮތުގައި، މި އެކަޑެމީތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، ހ.އ. އިހަވަންދޫ އަދި ގދ. ތިނަދޫގައެވެ. މިއީ ރާއްޖޭގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ އެކަޑެމީއެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ނިއު ރޭޑިއަންޓުން ބުނި ގޮތުގައި މި އެކަޑެމީތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި އެކަޑެމީތަކުގެ ޓެކްނިކަލް މަސައްކަތްތައް ބަލަހައްޓަނީ އެ ކްލަބާ އަލަށް ގުޅުނު ސްޕެއިންގެ ޓެކްނިކަލް ޑައިރެކްޓަރު އަންދްރޭސް އެވެ. އަންދްރޭސްގެ އިރުޝާދުގެ ދަށުން އެކަޑެމީތަކުން އުފައްދާ ކުޅުންތެރިންނަށް ކްލަބުގެ ފުރަތަމަ ޓީމުން ޖާގަ ލިބޭނެ ފަދަ މޮޑެލްއެއް ތަރައްގީކުރުމަކީ ކްލަބުގެ މައިގަނޑު އަމާޒެވެ.
މީގެ އިތުރުން ކުރިމަގުގައި ބޭރުގެ ތަޖުރިބާކާރު ކޯޗުން ވެސް މި އެކަޑެމީތަކާ ގުޅޭނެ ކަމަށް ނިއު އިން މައުލޫމާތު ދެއެވެ.
ކްލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، އައު ޓެކްނިކަލް ޑައިރެކްޓަރުގެ ބެލުމުގެ ދަށުން ކްލަބުގެ އޭ ޓީމާއި، ބީ ޓީމުގެ އިތުރުން އަންހެން ޓީމާއި އެކަޑެމީގެ ހުރިހާ ކަމެއް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
އަދި މި މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް މުބާރާތްތަކަށް ނިއު ރޭޑިއަންޓް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ފަސް ސަރަހައްދުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެކަޑެމީތައް ހުޅުވުމަށް ނިއު އިން ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު