އެމްރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ރިޔާސީ ދައުރު (2001-2009) އަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށާއި، ވަކިން ހާއްސަކޮށް އިސްލާމީ ދުނިޔެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. ބުޝްގެ ވެރިކަމުގެ ކުރީކޮޅު އެމެރިކާގެ ސިޔާސަތުތައް ބައްޓަންވެފައި އޮތީ ސަލާމަތީ ކަންކަމަށްވުރެ ބޮޑަށް ޑިޕްލޮމެސީއާއި ސަރަހައްދީ މަސްލަހަތުތަކުގެ މައްޗަށެވެ.ނަމަވެސް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދެވުނު އުދުވާނީ ހަމަލާއަށްފަހު، ބުޝްގެ ސިޔާސަތު މުޅިން ބަދަލުވެ، "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އިިއުލާން ކުރެއްވިއެވެ. މި އިއުލާނާއެކު، ޓެރަރިސްޓް ނެޓްވޯކްތައް ރޫޅާލުމަށާއި، އެފަދަ ޖަމާއަތްތަކަށް ހިމާޔަތްދޭ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބުޝް ދެއްވިއެވެ.
ބުޝްގެ ތަގުރީރުތަކުގައި އެމެރިކާއަކީ އިސްލާމްދީނާ ދެކޮޅު ގައުމެއް ނޫން ކަމަށާއި، އިސްލާމްދީނަކީ ސުލްހައިގެ ދީނެއްކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާއަށްފަހު މިސްކިތަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަކީ މީގެ ހެއްކެކެވެ. ނަމަވެސް، އޭގެ ފަހުން އަމަލީ ގޮތުން ފެނިގެންދިޔަ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން، މުސްލިމް އުންމަތުގެ ގިނަ ބަޔަކަށް އިހުސާސް ކުރެވުނީ ބުޝްގެ ބަހާއި އަމަލާ ދިމާނުވާ ކަމެވެ.
އަފްޣާނިސްތާނަށް އަރައިގަތުން
9/11 ގެ ހަމަލާގެ ރައްދުގައި ބުޝްގެ ސަރުކާރުން އެންމެ ފުރަތަމަ އެޅި އަސްކަރީ ފިޔަވަޅަކީ 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައިގަތުމެވެ. އެމެރިކާއިން ބުނި ގޮތުގައި މި ހަމަލާގެ ބޭނުމަކީ 9/11 ގެ ޒިންމާ އުފުލަންޖެހޭ އަލްޤައިދާގެ ލީޑަރުންނަށް ހިމާޔަތްދޭ ތާލިބާން ސަރުކާރު ނައްތާލުމެވެ. ތާލިބާނުން ވެރިކަމުން ދުރުކުރި ނަމަވެސް، މި ހަނގުރާމަ ދިގުލައިގޮސް މުޅި ގައުމު ފުނޑުފުނޑުވެގެން ދިޔައެވެ. އެމެރިކާއިން މިއީ ޓެރަރިޒަމާ ދެކޮޅު ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އަފްޣާން ރައްޔިތުންނަށް ކުރިމަތިލާން ޖެހުނީ އަނިޔާވެރިކަމާއި، ނުތަނަވަސްކަމާއި، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި މަގުމަތިވުމުގެ ހިތްދަތި ކަމާއެވެ.
އިރާގު ހަނގުރާމަ
2003 ވަނަ އަހަރު ބުޝްގެ ސަރުކާރުން އިރާގަށް އަރައިގަތީ ސައްދާމް ހުސެއިންގެ އަތުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެ، ދުނިޔޭގެ ސަލާމަތަށްޓަކައި ކަމަށް ބުނެއެވެ. ނަމަވެސް، ހަނގުރާމައަށްފަހު އެފަދަ އެއްވެސް ހަތިޔާރެއް ފެނިފައި ނުވުމުން، މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ފާޑުކިއުމެއް އަމާޒުވި ކަމަކަށް ވިއެވެ. ސައްދާމްގެ ވެރިކަން ވައްޓާލުމަށްފަހު އިރާގު ވެއްޓުނީ މަޒުހަބީ ތަޅާފޮޅުމާއި، ދާހިލީ ހަނގުރާމައެއްގެ ތެރެއަށެވެ. މުޅި މުސްލިމް ދުނިޔެއިން ދުށްގޮތުގައި މިއީ އެއްވެސް ބޭނުމެއް ނެތި، އިސްލާމީ ގައުމެއްގެ ތެރެއަށް ވަދެގަތުމެކެވެ.
ގުޅުން ބަދަހިކުރުމުގެ މާސްކާއި ހަގީގަތް
ބުޝްގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރީ ހަރުކަށި ފިކުރުގެ މީހުންނާއި އާންމު މުސްލިމުންނަކީ ތަފާތު ބައެއްކަން ދެއްކުމަށެވެ. މެދުއިރުމަތީގައި ޑިމޮކްރަސީ ގާއިމް ކުރުމަކީ ހަރުކަށި ފިކުރު ނައްތާލެވޭނެ މަގެއް ކަމަށް ބުޝް ޤަބޫލު ކުރެއްވިއެވެ. އެހެންނަމަވެސް، އަބޫ ޣުރައިބު ޖަލާއި ގުއަންޓަނާމޯ ބޭ ފަދަ ތަންތަނުގައި މުސްލިމުންނަށް ދެވުނު ލާއިންސާނީ އަނިޔާތަކުގެ ސަބަބުން، ބުޝްގެ ވާހަކަފުޅުތަކަށް އޮތް އިތުބާރު ގެއްލިގެން ދިޔައެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ބުޝްގެ ހަގީގީ އަމާޒަކީ ހަމައެކަނި ޓެރަރިސްޓުންނެއް ނޫނެވެ.
ނިންމުން
ޖޯޖް ޑަބްލިއު ބުޝް އިސްލާމީ ދުނިޔެއާމެދު ގެންގުޅުއްވި ސިޔާސަތަކީ މިއަދުވެސް ބަހުސް ކުރެވޭ ކަމެކެވެ. އޭނާގެ ސަޕޯޓަރުން ބުނަނީ އޭނާ މަސައްކަތް ކުރެއްވީ ދުނިޔެ ސަލާމަތް ކުރަން ކަމަށެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާގެ ނިންމުންތަކުގެ ސަބަބުން އިސްލާމީ ދުނިޔޭގައި އުފެދުނު ހަމަނުޖެހުމާއި، ނުތަނަވަސްކަމާއި، ލޭއޮހޮރުވުން މިއަދުވެސް ދަނީ ފެންނަމުންނެވެ. މަގާމުން ވަކިވެވަޑައިގެންނެވިތާ 17 އަހަރު ފަހުންވެސް، އޭނާ ފެއްޓެވި ހަނގުރާމަތަކުގެ ހިތި ނަތީޖާ އިސްލާމީ ގައުމުތަކުން ދަނީ ތަހައްމަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު