ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށް، ރާއްޖޭގެ ޝަރުއީ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތުހުމަތުކުރައްވައިފިއެވެ.
ގާސިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި ޖޭއެސްސީގައި ތަޅުއަޅުވައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
ސިޔާސީ އިއްތިހާދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްފަހު އޭރު އޮތް ކޯލިޝަން އެއްބަސްވުމާ ހިލާފަށް އެމްޑީޕީން ކޯލިޝަން އުވާލީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.
މިފަދަ ކަންކަން ކުރި ބަޔަކު މިއަދު އިޚްލާސްތެރިކަމެއް ނެތި ސިޔާސީ މައިދާނުގައި ވާހަކަދައްކާއިރު ލަދުވެތިވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު