ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ، ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އެހެންކަމުން އަތޮޅުތަކުގެ ރަށްރަށުގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ރަށްރަށުގައާއި މާލެ ސަރަޙައްދުގައި އިތުރު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، އަދި ކ. ގުރައިދޫގައި ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލްތަކުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތާރީޚަށް ބަލާއިރު، ވޭތުވެދިޔަ ދިގު މުއްދަތުގައި ޢުމްރާނީ ތަރައްޤީ ގެނެސްފައިވަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ނޫންކަން ސިއްޙީ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. އޭގެ ބަދަލުގައި ކުރިން އަމަލުކުރަމުން އައީ އެ ދުވަސްވަރަކަށް ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރުކުރުމުގެ އުސޫލުންނެވެ. ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުތައް ނިމުމުން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހެއްގެ ރަށާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު