ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވަން ފަށްޓަވައިފިއެވެ.
އެގޮތުން، ގއ. ކޮލަމާފުށީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެމަނިކުފާނު ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

މާލޭގައި ހުންނަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، އިންތިޚާބުގެ ކެމްޕޭން ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، މިއީ އަތޮޅުތެރޭގެ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމަށް އެ ޕާޓީން ފަށާފައިވާ މަސައްކަތުގެ ބައެއްކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު