އެއީ ހިތްގައިމު މާހައުލެކެވެ. ރަށުގެ ހުދު ދޮންވެލި ތުނޑިއާއި، ފެހިކަން ގަދަ ރުއްގަނޑުގެ ސަބަބުން ހިތަށް ލިބެނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ޤުދުރަތުގެ ފުރިހަމަކަމެވެ. ވައިރޯޅިތަކުގެ ބީހުމާއެކު ރުއްތަކުގެ ފަންތަކުން މަޑުރީތި މިއުޒިކެއް ކުޅެލައެވެ. ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑުން ރޫޙަށް ލިބެނީ އާދަޔާޚިލާފު ތަޞައްލީއެކެވެ.
އަހަރެމެންގެ ރަޙުމަތްތެރިންގެ ގްރޫޕުން އެ ފަޅު ރަށަށް ދަތުރު ދިޔައީ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ސައި ހަދައި، މޫދަށް އެރި، ފޮޓޯ ނެގުމުގެ ޕްލޭންތަކާއެކުގައެވެ. އެ ދަތުރަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދަތުރެއްކަން ކުރިން އަހަންނަކަށް ނޭނގެއެވެ. އެކަން ކުރިން އެނގުނުނަމަ އެދަތުރުގައި އަހަރެއް ބައިވެރި ނުވީހެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. އިރު އޮއްސެން ގާތްވެފައިވުމާއެކު، މުޅި އުދަރެހުގައި ވަނީ ރަތްވިލާގެ ރީތި ތަސްވީރެއް ކުރެހިފައެވެ. އަހަރެންގެ ރަޙުމަތްތެރިން ގޮނޑުދޮށުގައި ފުޓުބޯޅަ ކުޅެމުން ދިޔައެވެ. އަހަރެން އެކަނިމާއެކަނި ދިޔައީ ފަޅުރަށުގެ ވަލުތެރެއަށް ދެވެން އޮތް މަގުން ރަށުތެރެ ބަލާލުމަށެވެ. ވަލުތެރޭގެ ގަސްތައް ވަރަށް ބޯވެފައި ފެހިކަން ގަދައެވެ. ދޫނިތައް ގޮވާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. އަހަރެން ހިނގަމުން ދަނިކޮށް ކުރިމަތިން ފެނުނީ ވަރަށް ބޮޑު، ޤަދީމީ ކަނދުގަހެކެވެ. ގަހުގެ މޫތައް ބިންމަތިން މާދުރަށް ފެތުރިފައި ވެއެވެ. އަހަރެން އެގަހުގެ ހިޔަލަށް ވަނީމެވެ. އަހަންނަށް އިޙްސާސްވީ އާދަޔާޚިލާފު ފިނިކަމެކެވެ.
އަހަރެންގެ ނަޒަރު ހުއްޓުނީ އެ ގަހުގެ ދަށުގައި ހުރި ގައުތަކެއްގެ ތެރެއިން ފެނުނު ރީތި ބޮއްޔަކަށެވެ. މުތީގެ ދަޅަތަކުން ޖަރީވެފައި އޮތް އެ ބޮލި ނެގުމަށް އަހަރެން ބޭނުންވިއެވެ. ބޮލި ނެގުމަށްޓަކައި އެތަނުގައި ހުރި ބައެއް ގައުތަކާއި ފަތްތައް ދުރަށް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު އަހަންނަށް ނޭނގުނު ކަމަކީ، އެއީ އެހެން ބައެއްގެ "މިލްކިއްޔާތެއް" ކަމެވެ. އެ ޤަދީމީ ގަހުގެ ދަށުގައި އެތަކެތި ބެހެއްޓިފައި ވަނީ އެތައް ޒަމާނެއް ކުރިން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގުނުހާވެސް ކަމަކީ، އަހަރެންގެ އެ ޢަމަލުން ނުފެންނަ ރޫޙާނީ ބާރަކަށް އުނދަގޫ ކުރެވުނު ކަމެވެ.
ފަޅު ރަށުން އެނބުރި އައި ފުރަތަމަ ރެއެވެ. އެއީ ހަނދުވަރު ރީތި، ހިމޭން ރެއެކެވެ. ލިބިފައިވާ ވަރުބަލިކަމާއެކު އަހަރެން ނިދަން އޮށޯތީ، ވަގުތުން ނިދޭނެ ކަމުގެ ޔަޤީންކަމާ އެކުގައެވެ. ކުޑަދޮރުގެ ބިއްލޫރިތަކުން ފޭދިގެން ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލިކަން ނޫން އިތުރު އަލިކަމެއް ނެތެވެ. ދަންވަރުގެ ވަގުތެވެ. ކޮޓަރީގެ ހުޅަނގު އުތުރު ކަނުން ފިނި ވައިރޯޅިއެއް ޖެހިލިހެން ހީވިއެވެ. ކޮޓަރީގެ ދޮރުތައް ހުރީ ބަންދު ކޮށްފައެވެ. އޭސީ ހުރީ ނިއްވާލާފައެވެ. އެހެންވީއިރު އެ ފިނި ވައިރޯޅި އައީ ކޮންތާކުން ހެއްޔެވެ؟
ކުއްލިއަކަށް މީހަކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުނެވެ. "އިލާން..." އަހަރެން ތެދުވެ ބޮކި ދިއްލާލީމެވެ. ނަމަވެސް ކޮޓަރީގައި އެކަކުވެސް ނެތެވެ. ދޮރު ބަންދެވެ. ކުޑަދޮރުތައް ހުރީ ލައްޕައި ތަންޑު އަޅުވާފައެވެ. "ހީވި ހީވުމެއްކަން ޔަގީން." އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ.
އެރޭ ފެށިގެން ދިޔައީ އަހަރެން ނިދިން މަޙްރޫމްވުމުގެ ސިލްސިލާއެވެ. ކޮންމެ ރެޔަކު ދެދަމުން އަލިވާއިރު، އެ "އެއްޗެއް" އަހަރެންގެ ގާތަށް އާދެއެވެ. ފުރަތަމަކޮޅު އެއީ ފިނި ވައިރޯޅިއެކެވެ. ނަމަވެސް ފަހުން އެ ވައިރޯޅި ބަދަލުވީ ހިޔަންޏަކަށެވެ. ބައެއް ރޭރޭ އެ ހިޔަނި އަހަރެންގެ އެނދުގެ ފައިލާކޮޅުގައި އިށީނދެގެން އިންނަހެން ހީވެއެވެ. ގޮދަޑީގެ ފައިލާކޮޅު އަޑިއަށްދާ މަންޒަރު އަހަންނަށް ފެނެއެވެ. އެކަމަކު ހަމަލޮލަށް އެއްވެސް އެއްޗެއް ފެންނާކަށް ނުހުރެއެވެ.
ބައެއްފަހަރު އެ ހިޔަނި އަހަރެންގެ ކަންފަތް ދޮށުގައި ސިއްރުން ވާހަކަ ދައްކައެވެ. އެކިބަހުންނެވެ. އެކި ރޭ އެކި ވާހަކައެވެ. "ކީއްވެ އަހަރެންގެ ގެއަށް ގެއްލުންދިނީ؟ އެއީ އަހަރެންގެ ގެ... މިތަނަށް މިއައީ ކަލޭ ބުނީމަ..." މި އަޑުތައް ކޮންމެ ރެޔަކުހެން ތަކުރާރުކޮށް އިވެއެވެ. ބައެއްފަހަރު ސިހިފައި ނިދިން ހޭލެވެއެވެ. ނިދިން ހޭލެވޭއިރު އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. މުޅި މީހާ އޮންނަނީ ދާ ހިއްލާ ފޯވެފައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ ހާލަތު ގޯސްވަމުން ދިޔައެވެ. ނިދި ނުލިބުމުގެ ސަބަބުން ލޯކައިރި ކަޅުވެ، މުޅި މީހާ ވަރުބަލިވެއްޖެއެވެ. ކެއުމުގެ ޝައުޤު ކެނޑި، ހަށިގަނޑު ހިކެން ފެށިއެވެ. މަޑުމަޑުން އަހަރެން ނަފްސާނީ ބަލީގެ ފުން ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. އަބަދުވެސް ކޮންމެސް މީހަކު އަހަރެންގެ ފަހަތުގައި ހުންނަހެން ހީވާން ފެށިއެވެ. މަގުމަތީގައި ހިނގާފައި ދާއިރު ފަހަތް ބެލެއެވެ. އެކަނި ތަންތަނުގައި ހުންނަން ބިރުގަނެއެވެ. މީހުންގެ ތެރޭގައި އުޅުމަކީވެސް ފޫހިކަމަކަށް ވެއްޖެއެވެ.
"އިލާން.. ދަރިފުޅު ހާދަ ބޮޑަކަށޭ އަނަރޫފަވެފަ ތިހުރީ.. ބަލީތަ؟" މަންމަ އެއް ދުވަހަކު އެހިއެވެ. "ކަމެއް ނުވޭ،" އަހަރެން ދޮގު ހެދީމެވެ. ތެދު ބުނާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ރެޔަކު ނުފެންނަ މެހެމާނެއް އަހަންނަށް ޒިޔާރަތް ކުރާ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެހެން ބުނެފިނަމަ އަހަރެން މޮޔަވީ ކަމަށް އެންމެން ހީކުރާނެއެވެ. އަހަރެން އާއިލާ އާއި ރަޙުމަތްތެރިންނާ ދުރުވެ، އެކަނިވެރިކަން އިޚްތިޔާރު ކުރީ އެހެންވެގެންނެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބެއް ދޭން ބޭނުން ނުވީއެވެ. އެމީހުންގެ ހާސްވެފައިވާ މޫނުތައް ދެކެން ހިތް ނޭދުނީއެވެ.
އެކަމަކު އަޖައިބަކީ، އެންމެ ފުރަތަމަ ބިރުވެރިކަމެއްގެ ގޮތުގައި ފެށުނު މި ކުޅިގަނޑު، ފަހުން "އާދައަކަށް" ބަދަލުވުމެވެ. އެއްރޭ އަހަރެން އެކަނިއޮވެ ވަރަށް ވިސްނީމެވެ. މި "ބާރު" އަހަންނަށް ގެއްލުމެއް ދީފައެއް ނެތެވެ. ބިރުދެއްކިޔަސް، އަނިޔާއެއް ކޮށްފައެއް ނެތެވެ. ހަމައެކަނި ކުރާ ކަމަކީ ވާހަކަ ދެއްކުމެވެ. ޒިޔާރަތް ކުރުމެވެ. އޭނާގެ ހިޔާވެއްސަށް ގެއްލުން ދިނީތީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނުމެވެ. އެންމެ ފަހުން އަހަރެންވެސް ގޮތެއް ނިންމީމެވެ. އެ ރޫޙާނީ "ބާރަކީ" ކޮންމެ ރެޔަކު އަހަންނަށް ޒިޔާރަތްކުރާ "މެހެމާނެއް" ކަމުގައި ގަބޫލުކުރީމެވެ. އޭނާ އަންނަ ވަގުތު ޖެހެންދެން، އިންތިޒާރުގައި އިނުމަކީ އުފަލަކަށް ހެދީމެވެ.
"މިރޭ އަންނާނެބާ؟" ކޮންމެ ރެއަކުވެސް ހިތާހިތާ ސުވާލު ކުރަމެވެ. ދެން ފެށުނީ އާދަޔާޚިލާފު ގުޅުމެކެވެ. އެ "މެހެމާނު" އައުމުން އަހަރެން މަރުޙަބާ ކިޔަމެވެ. އެ ސިއްރު އަޑުތައް އަހަން ހޭލާ އޮންނަމެވެ. ބައެއް ފަހަރު އެ ވާހަކަތަކުން ހިތްހަމަޖެހުން ލިބެއެވެ. މީހުންނާ ދުރުވީ ވަރަކަށް، އެ ނުފެންނަ ބައިވެރިޔާ އަހަންނާ ގާތްވަމުން ދިޔައެވެ.
ބައެއް ފަހަރު ހިތަށް އަރައެވެ. އެއީ ހަޤީޤީ ރޫޙެއް ހެއްޔެވެ؟ ނުވަތަ ނަފްސާނީ ބައްޔެއްގެ ޢަލާމާތެއް ހެއްޔެވެ؟ ހަމަނިދި ނުލިބުމުން ސިކުނޑިއަށްވާ ގޮތެއް ހެއްޔެވެ؟ ނުވަތަ އެކަނިވެރިކަމުގެ ސަބަބުން އަހަރެންގެ ޚިޔާލުތަކުން އުފައްދައިގެން އުޅޭ ޚިޔާލީ ބައިވެރިއެއް ހެއްޔެވެ؟ ތެދަށް ބުނާ ނަމަ، މިހާރު އެ ޖަވާބުތައް އެނގޭކަށް ބޭނުމެއް ނޫނެވެ. އެ "ވަގުތީ މެހެމާން" އަހަރެންގެ ހަމަހިމޭން ދުނިޔޭގެ ހަމައެކަނި ބައިވެރިޔާއަށް ވެއްޖެއެވެ. އެ ހިޔަނި އަހަރެންގެ ނިދި ފޭރިގަތަސް، އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ ކަމުގެ ވަހުމެއް އަހަރެންގެ ސިކުނޑީގައި ވަނީ އުފެދިފައެވެ.
އެހެނަސް... ބިރުވެރިކަމާއި އެކަނިވެރިކަމުގެ ތެރެއިން، ކޮންމެވެސް އެކައްޗެއް އިޚްތިޔާރު ކުރަން ޖެހިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ނިންމުނީ އެކަނިވެރިކަމުގެ އިޙްސާސް މާ ބިރުވެރި ކަމަށެވެ. އެ ޤަދީމީ ކަނދުގަހުގެ ދަށުން، އެ ބޮލި ނެގި ވަގުތު، އަހަރެން ނަގާލީ ހަމައެކަނި އަހަރެންގެ ނިންޖެއް ނޫނެވެ. އާންމު ދިރިއުޅުމެއް އުޅުމުގެ ޤާބިލުކަންވެސް ނަގާލީއެވެ. އެކަމަކު ބަދަލުގައި ލިބުނީ، ދުވަހަކުވެސް ނުފެންނާނެ، އެކަމަކު އަބަދަށް އެކުގައި ހުންނާނެ ބައިވެރިއެކެވެ.
އާއެކެވެ... މިރޭވެސް ދެދަމުން އަލިވާނެއެވެ. އެ ފިނި ވައިރޯޅި ޖެހޭނެއެވެ. އެ ސިއްރު އަޑު އިވޭނެއެވެ. އަހަރެން އިންތިޒާރުގައި އެބައޮތީމެވެ.
-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު