މަދީނާގެ ހަމަޖެހުމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ލިބޭނެ ހިތްހަމަޖެހުމާއި އުފަލެއް ނޫން ކަމަށް ޕާކިސްތާނުގެ މަޤްބޫލް ފިލްމީ ތަރި އިމްރާން އައްބާސް ބުނެފިއެވެ.
ފިލްމީ ތަރި އިމްރާން އައްބާސް ސޯޝަލް މީޑިއާގައި ހިއްސާކުރި ޝުއޫރުތަކެއްގައި ބުނީ، މަދީނާގެ ބިމުން އިހުސާސްކުރެވޭ ހަމަޖެހުމާއި އަމާންކަމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ލިބޭނެ އުފަލާއި ހިތްހަމަޖެހުމެއް ނޫން ކަމަށެވެ.
އަދި އެ މުގައްދަސް ބިމުގައި ހޭދަކުރާ ކޮންމެ ވަގުތަކީ މުސްލިމުންގެ ހިތްތަކާ ފުން ގުޅުމެއް އުފައްދައިދޭ އަދި އީމާންތެރިކަން އިތުރުކޮށް ވަރުގަދަކޮށްދޭ ތަޖުރިބާއެއްކަން އޭނާ ފާހަގަކުރިއެވެ. އިމްރާން އައްބާސް އިތުރަށް ބުނި ގޮތުގައި، ރަމަޟާން މަހުގެ ރޫހާނީ މާހައުލުގައި ކީރިތި ރަސޫލާ ގެ ސިޓީގައި ހުރުމަކީ އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ތަސައްލީއެއް ލިބުނު ކަމެކެވެ.
މި ވާހަކަތަކާއެކު އޭނާ ވަނީ މަދީނާގެ ހިތްގައިމު މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައްވެސް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ގިނަ ބަޔަކު ދަނީ އޭނާގެ މި ދީނީ ޝުއޫރުތަކަށް ތައުރީފުކޮށް، އެފަދަ މަތިވެރި ނަސީބެއް ލިބުނީތީ މަރުހަބާ ކިޔަމުންނެވެ. އިމްރާން އައްބާސް އަކީ އޭނާގެ އެކްޓިންގެ އިތުރުން، ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތާއި އޭނާގެ ރީތި އަޑުން ކިޔާފައިވާ ނައުތުތަކުގެ ސަބަބުންވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު