ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާޢީލް ނަވީން، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން މި ނިންމެވުން ނިންމަވާފައިވަނީ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"ގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިންނެވެ. އެގޮތުން 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގަވާނީ ފަރުހާދު ފިކުރީ އެވެ.
ފުލުހުންގެ ޚިދުމަތުގައި 31 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވި އިސްމާޢީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަގާމުން ވަކިވެވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. ނަމަވެސް، ޚިދުމަތުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ނަވީން ވިދާޅުވި ގޮތުގައި، ފުލުހުންގެ މުއައްސަސާއަށް ޚިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެކެވެ. އަދި ޚިދުމަތާ ގުޅުނުއިރު ފުލުހުންގެ ބެޖަށް ކުރި އިޙްތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، ޤައުމަށް އޮތް ލޯބި، ޚިދުމަތުން ވަކިވެވަޑައިގަންނަވާއިރުވެސް އެގޮތުގައި ދެމިއޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު