މަރްޔަމް ނަހްދާ ވަޙީދު   19 ފެބްރުއަރީ 2026 - 12:1
މީހަކު މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ލާލުގޭ، އަހުމަދު ފައިރިޝް އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ.

ފައިރިޝްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ މިންވަރަށް ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ހުށަހެޅިފައިވާ ހެއްކެއްގެ ބަޔާނުން ފައިރިޝް މީހަކަށް އަނިޔާ ދޭނެ ކަމުގެ އިންޒާރުދީފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އެހެންނަމަވެސް އޭނާ މަރުގެ އިންޒާރު ދިނީ ކާކަށް ކަމެއް ސާފެއް ނުވެއެވެ.

އޭނާއަކީ އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތުހުމަތުގައި ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހެއް ކަން ކޯޓު އަމުރުން އެނގެއެވެ. އޭގެ ތެރޭގައި އިންޒާރުދިނުމާއި އަނިޔާދީ، މާރާމާރީ ހިންގުމުގެ މައްސަލަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް