ކީރިތި ޤުރުއާނާއި ސަހީހުލް ބުޚާރީ ދެކުނު ކޮރެއާ ބަހަށް ތަރުޖަމާކުރި ފުރަތަމަ މުސްލިމް ކޮރެއާ ރައްޔިތަކަށް ވުމުގެ ޝަރަފު ދެކުނު ކޮރެއާގެ އިލްމުވެރިއެއް ކަމަށްވާ ޑރ. ހާމިދު ޗޯއީ ޔޮންގް ކިލް، ހޯއްދަވައިފިއެވެ.
އިސްލާމިކް އެންޑް އެރެބިކް ސްޓަޑީޒްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ހާމިދު މި ބުރަ މަސައްކަތް ނިންމަވާފައިވަނީ ގާތްގަނޑަކަށް 7 އަހަރު ދުވަހުގެ މުއްދަތެއް ހޭދަކުރެއްވުމަށް ފަހުގައެވެ.
މިއީ އެ ގައުމުގައި އިސްލާމްދީން ފެތުރެމުންދާ ދަނޑިވަޅެއްގައި، އިސްލާމްދީނުގެ އަސާސީ ފޮތްތައް ކޮރެއާ ބަހުން ކިޔާލުމުގެ ފުރުސަތު އެ ގައުމުގެ ރައްޔިތުންނަށް ފަހިވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ޑރ. ހާމިދު ޗޯއީއަކީ މީގެ ކުރިންވެސް އިސްލާމީ އިލްމު ފެތުރުއްވުމުގައި ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަމިއްލަފުޅަށް ލިޔުއްވާފައިވާ އަދި ތަރުޖަމާ ކުރައްވާފައިވާ 90 އަށްވުރެ ގިނަ އިސްލާމީ ފޮތްތައް ވަނީ ޝާއިއުކުރައްވާފައެވެ.
ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރެއްވި މި އިލްމުވެރިޔާގެ މަސައްކަތްޕުޅުތަކުގެ ސަބަބުން، އިރުމަތީ އޭޝިއާގައި އިސްލާމީ ދައުވަތު ވަރުގަދަވެ، ދީނީ މައުލޫމާތު ހޯދުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ.
މި ތާރީޚީ މަސައްކަތްޕުޅުގެ ސަބަބުން ކޮރެއާގެ މުސްލިމް އާބާދީއަށާއި، އިސްލާމްދީނާ ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ސައްހަ މައުލޫމާތު އެ މީހުންގެ މާދަރީ ބަހުން ލިބިގެންދާނެއެވެ. މިއީ ދެކުނު ކޮރެއާގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ރަން އަކުރުގެ ފާހަގަކޮށްލެވޭނެ ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު