އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު ރަހުމާން ވިދާޅުވީ، ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މި ވޯޓާ ދެކޮޅަށް އެމްޑީޕީން ވަރުގަދަ ކެމްޕޭނެއް ހިންގަންޖެހޭ ކަމަށާއި، މިހާތަނަށް ކެމްޕޭނުގައި ސަރުކާރުގެ ވައްކަމުގެ ވާހަކަ ދެއްކުނު ނަމަވެސް، މި ވޯޓަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ދަސްކޮށްދިނުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ރަމަޟާން މަހެއްގައި މިފަދަ "ޖައްބާރު" ވެރިއެއްގެ ވާހަކަ ދައްކަން ޖެހުމަކީ ހިތާމައެއް ނަމަވެސް، އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަކީ ދީނީ ގޮތުންނާއި ގައުމީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ދައުލަތުގެ ނިޝާނާއި ސިއްކަ ޖަހާފައިވާ ރަސްމީ ލިޔެކިޔުންތަކުގެ އަގު މި ސަރުކާރުން ވައްޓާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ކޯޓަކަށް ނުގޮސް ބާތިލުކޮށް، އާ ލިޔުންތައް ހެދުމަކީ ގާނޫނީ ގޮތުން ބޮޑު ނުރައްކަލެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދުމުގެ ބާރު އޮތް ނަމަވެސް، މިހާރު ކަންތައްތައް ކުރަމުންދާ ގޮތުން މަޖިލީހާއި ސަރުކާރަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށާއި، މިއީ ދައުލަތުގެ ބާރުތައް މަސްހުނިވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އަސްލު ބޭނުމަކީ ވެރިކަމުގެ ދައުރު ކުރުކޮށްލުމުގެ ނަމުގައި، ކުރީގެ 30 އަހަރުގެ ވެރިކަމެކޭ އެއްގޮތަށް އެންމެ ކެންޑިޑޭޓެއްގެ ނަން އޮންނަ ނިޒާމަކަށް ރާއްޖެ ގެންދިއުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިފަހަރުގެ ވޯޓަކީ އޭގެ ފެށުން ކަމަށާއި، މި މަގުން ކަންކަން ހިނގައިދާނަމަ ކުރިމަގުގައި ރައްޔިތުންނަށް ގިނަ ކެންޑިޑޭޓުންތަކެއްގެ ތެރެއިން ރައީސަކު ހޮވުމުގެ ފުރުސަތު ގެއްލި، ހަމައެކަނި "އާނ" ނުވަތަ "ނޫން" ޖަހާ ކަރުދާސްކޮޅަކަށް ޑިމޮކްރަސީ ބަދަލުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ އޭނާ ވާހަކަ ނިންމާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު