ފެށުން
މާޔޫސްކަމާއި ނުތަނަވަސްކަމުން ފުރިގެންވާ ދިރިއުޅުމެއްގައި ނަވާޒް ބަންދުވެފައި ހުރި ކަހަލައެވެ. ކޮޓަރީގެ އެ ފަނޑު އަލިކަމުގެ ތެރޭގައި އިނދެ، އޭނާގެ ކުރު ހަޔާތުގެ ފަސްމަންޒަރަށް ނަޒަރު ހިންގައިލިއެވެ. އެ މަންޒަރުގައި އޮތީ ހުސް ނާކާމިޔާބީއެވެ. ކުރިމަތިލީ އެއްވެސް ކަމަކުން ކާމިޔާބީގެ ރަހައެއް އޭނާގެ ނަސީބުގައި ނެތެވެ.
ސްކޫލު ދައުރުގައި ވެސް އޭނާއަކީ އެދެވޭ ކާމިޔާބީއެއް ހޯދޭނެ މީހަކަށް ނުވިއެވެ. ފޮތްތަކާއި ފިލާވަޅުތަކުގެ ތެރެއިން އޭނާގެ ހަޔާތަށް އުޖާލާކަމެއް ނައެވެ. ގޭތެރޭގެ ހާލަތު އޮތީ އެއަށްވުރެ މާ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކު އިވޭ ހަޅޭކުގެ އަޑާއި، އާއިލީ އަރާރުންތަކަކީ އޭނާގެ ހިތް ހަލާކުކޮށްލި ކަންކަމެވެ. ކިޔަވައި ނިމިގެން ވަޒީފާއަކަށް އެދިގެން ދޮރުން ދޮރަށް ހިނގާތާ އަހަރެއް ވެއްޖެއެވެ. ނަމަވެސް، އެއްވެސް ތަނަކުން އޭނާއަށް "އާނ" ބަހެއް ނުލިބުނެވެ.
މި ހުރިހާ ހިތްދަތިކަމެއްގެ ތެރެއިން އޭނާގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބުނީ ނަފްހާގެ ސަބަބުންނެވެ. ނަފްހާއަކީ ނުފޫޒުގަދަ، މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. އެ ދެމީހުންގެ ދެމެދުގައި އުފެދުނު ލޯތްބަކީ އިންތިހާ ދަރަޖައިގެ ގާތްކަމެކެވެ. ނަމަވެސް، އެ ލޯތްބަކަށް ދެ އާއިލާއިން ވެސް މަރުހަބާއެއް ނުކިޔެވެ. މާލީ ތަފާތުތަކާއި އިޖުތިމާއީ ފެންވަރުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ދެ އާއިލާއިން ވެސް ހުރަސް އެޅިއެވެ. އެ ހަނގުރާމައިގެ ތެރޭގައި އުޅެނިކޮށް، ކުއްލި ގޮތަކަށް ނަފްހާ މި ދުނިޔެއާ ވަކިވީ އޭނާގެ ދިރިއުޅުން މުޅިން އަނދިރިކޮށްލަމުންނެވެ.
ނަފްހާގެ މަރުގެ މައްސަލަ ބޮޑުވެ، ބޮޑު ތަހުގީގެއް ފެށުނެވެ. އެކަމަކު ތަހުގީގުން އިވުނު ޚަބަރަކުން އޭނާގެ ހިތް ކުދިކުދިވިއެވެ. ނަފްހާގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު ކަމަށް ބުނި ބުނުމަކީ އޭނާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ދަންނަ ނަފްހާއަކީ އެފަދަ ކަމެއް ކުރާނެ ކުއްޖެއް ނޫނެވެ. މިއީ އޭނާ ބަލިކޮށްލުމަށް ބަޔަކު ރޭވި ރޭވުމެއް ބާވައެވެ؟
އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. ހުވަފެންތައް ވިއްސިވިހާލިވެ، އުއްމީދުތައް ފެނަށް ވީއެވެ. ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް އޭނާއަކަށް ނުފެނުނެވެ. އޭނާ ނިންމީ ނަފްހާ ދިޔަ މަގުން، އެ ދުނިޔެއަށް ދާށެވެ. އޭނާ ސައިކަލަށް އަރައި ދުއްވާލިއެވެ. މިސްރާބު ހުރީ ބްރިޖްގެ އެންމެ އުސް ހިސާބަށެވެ. ސައިކަލް ދުއްވަމުން ދިޔައިރު އޭނާގެ ނޭވާ ކުރުވެ، މުޅި ދުނިޔެ ލޯމަތިން ގެއްލެން ފެށިއެވެ. ކުއްލިއަކަށް...... ދެންވީގޮތެއް އޭނާއަކަށް ނޭންގުނެވެ.
ހޭލެވުން - އާ ފެށުމެއް
"ދަރިފުޅާ ނަވާޒް... ނަވާޒް..." ކުއްލި ސިހުމަކާއެކު ނަވާޒް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ހީވީ މުޅި ހަށިގަނޑަށް ކަރަންޓު ސިގްނަލެއް އައިހެންނެވެ. ކުރިމަތީގައި ހުރީ މަންމައެވެ. އޭނާ ވަށައިގެން ތިބި މީހުންނަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ޢާއިލާ މީހުންނާއި، އެކުވެރިންގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ކަންވީގޮތް ސާފްވީ މަންމަ ކިޔައިދިނީމައެވެ. ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހި އޭނާ އެކްސިޑެންޓްވެ ކޯމާއަށް ދިޔައީއެވެ. މިހާރު އޭގެ ފަހުން 3 ހުކުރު ހަމަވީއެވެ.
ހޮސްޕިޓަލުގެ ހުދު ފާރުތައް ލޮލަށް ފެނުނު ހިނދު، ނަވާޒްގެ ހިތަށް ވެރިވީ މާޔޫސްކަމެއް ނޫނެވެ. އޭނާގެ މޫނުން ފެނުނީ ޙައިރާންކަމެވެ. ދިރިހުރީމައެވެ. ތިން ހަފުތާގެ ކޯމާއަށް ފަހު އޭނާގެ ލޯ ހުޅުވުނީ މުޅިން ތަފާތު ދުނިޔެއަކަށެވެ. މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނައިން ނަވާޒަށް އިޙުސާސްވީ ލޯތްބެވެ. ކުޑައިރުއްސުރެ ގެއްލިފައިވީ ޢާއިލީ ގުޅުންތައް އެ ހިނދުކޮޅުގެ ތެރޭގައި އާލާވާން ފެށިއެވެ. ކުރިން ހަރުކަށިކޮށް ފެނުނު ބައްޕަވެސް، އޭނާގެ އެނދުގެ ކައިރީގައި އިށީނދެގެން އިނެވެ. އެ މޫނުމަތީގައި ވަނީ އެތައް ރެއެއްގެ ހޭލާ ހުރުމުގެ ވަރުބަލިކަމެވެ.
"ދަރިފުޅާ..." މަންމަގެ އަޑު ތުރުތުރު އަޅައެވެ. "ތިން ހަފުތާ ވެއްޖެ. މަންމައަށް ހީވީ..."
ނަވާޒް ލޯ މަރާލިއެވެ. ހަނދާނުގެ ސްކްރީނުގައި ސިފަވީ ބްރިޖެވެ. އެވަގުތު ޖެހެމުންދިޔަ ވައިރޯޅީގެ ފިނިކަމެވެ. މިނޫން ދުނިޔެއަކަށް ދާން ބޭނުންވީ ސަބަބެވެ. އެކަމަކު މިހާރު، އެ ވިސްނުން ބަދަލުވެއްޖެއެވެ. "ނަފްހާ. އެ ހިނިތުންވުން. އެ ލޯބި. މި ދުނިޔެއިން އެ ހިތްގައިމުކަން ގެއްލުވާލީ ކާކުހެއްޔެވެ؟" ނަވާޒް ހިތާހިތާ ބުނެލިއެވެ. "މަސްތުވާތަކެތީގެ ތުހުމަތަކީ ދޮގެއް. ނަފްހާ ދުވަހަކު ވެސް އެފަދަ އެއްޗެއް ބޭނުމެއް ނުކުރޭ. އެއީ ބައެއްގެ ރޭވުމެއް." ހިތަށް ވެރިވަމުންދިޔަ ޝުޢޫރުތަކާއެކު ނަފްހާގެ މަރުގެ ޙަޤީޤަތް ހޯދުމަށްޓަކައިވެސް އޭނާ ދިރިހުންނަން ޖެހޭކަމަށް ނަވާޒް ޤަބޫލުކުރިއެވެ.
އެކަލާނގެ ރަޙުމަތުން އުއްމީދު ކަނޑާލުމަކީ ކިހާ ބޮޑު ފާފައެއްކަން އޭނާއަށް މިއަދު ވިސްނިއްޖެއެވެ. ފުރާނައަކީ އެއްވެސް އިންސާނެއްގެ މިލްކެއް ނޫނެވެ. މި ދުނިޔެއިން ވަކިވުމުގެ ނިންމުން ނިންމުމުގެ ޙައްޤު އޭނާއަކަށް ނެތެވެ. ނަމަވެސް، ނަފްހާއަށް އިންސާފު ހޯދައިދިނުމުގެ ޙައްޤު އޭނާއަށް އެބައޮތެވެ.
ނަފްހާއާ ބައްދަލުވީގޮތް
އެއީ މީގެ ދެ އަހަރު ކުރިއެވެ. ވަޒީފާއެއް ނުލިބި، މާޔޫސްކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ދުވަސްވަރެވެ. ޖުމްހޫރީ މައިދާނުގެ ބެންޗެއްގައި އެކަނިމާއެކަނި އިށީނދެގެން އިން ދުވަހެކެވެ. "މި ތަން ހުސްތަ؟" އަންހެން އަޑެކެވެ. ނަވާޒް އިސްއުފުލައި ބަލައިލިއެވެ. ކުރިމަތީ ހުރީ އާދައިގެ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. މޫނުމަތީގައިވީ ހިތާމައެއް ފޮރުވަން އުޅޭ ހިނިތުންވުމެކެވެ. "ހުސް،" ނަވާޒް ޖަވާބު ދިނެވެ.
ނަފްހާ އިށީނެވެ. ދެމީހުންގެ ދެމެދުގައިވީ ހިމޭންކަމެއް ނޫނެވެ. ވާހަކަ ނުދައްކައި ވެސް އެކަކު އަނެކަކު ފަހުމްވީ އެވަގުތުއެވެ. އެކަނިވެރި ދެ ހިތެއްގެ ގުޅުން ފެށުނީ އެ ދުވަހުއެވެ. އެކުވެރި ކަމުގެ ސަލާމަށް އިސްނެގީ ނަފްހާއެވެ. ނަފްހާއަކީ މާލޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ ޒާހިދުގެ ހަމައެކަނި ދަރިފުޅެވެ. ބޮޑެތި ހަވޭލިތަކުގައި ދިރިއުޅުނަސް، އޭނާގެ ހިތް އޮތީ ފަޅަށެވެ. ބައްޕައަށް ފެންނަނީ ވިޔަފާރިއެވެ. މަންމައަށް ފެންނަނީ މުޖުތަމަޢުގެ ޤަދަރެވެ. ނަފްހާއަށް ބޭނުންވީ ލޯތްބެވެ.
"ބައެއް ފަހަރު ހީވޭ، މުޅި ދުނިޔޭގައި ވެސް އެކަނި މީހާއަކީ ނަފްއޭ." ނަފްހާ އެއް ދުވަހަކު ބުންޏެވެ. "ތީ މުއްސަނދި ޢާއިލާއެއްގެ ކުއްޖެއް. ކޮން އެކަނިވެރިކަމެއް؟" ނަވާޒް ސުވާލުކުރިއެވެ. ނަފްހާ ހިނިތުންވެލިއެވެ. "ފައިސާއިން ގަނެވެނީ އެއްޗެހި. އިޙުސާސްތައް ގަންނާކަށް ނުލިބޭ." ނަފްހާ ދިނީ ސާދާ، ފުން ޖަވާބެކެވެ. އެ ދުވަހުން ފެށިގެން ދެ މީހުންގެ ބައްދަލުވުންތައް ފެށުނެވެ. ސިއްރުންނެވެ. ދެ ޢާއިލާއަށް ނޭންގިއެވެ. އެ ސިއްރު ބައްދަލުވުންތަކުގައި ދެ ހިތެއްގެ ފުން އިޙްސާސްތައް ބަދަހިވަމުން ދިޔައެވެ.
މުޖުތަމަޢުގެ ހުރަސްތައް
ނަފްހާގެ ޢާއިލާއަށް މި ގުޅުމުގެ ޚަބަރު ލިބުނީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ނަފްހާގެ ބައްޕަގެ މުވައްޒަފަކަށް ނަފްހާމެންގެ މަންޒަރެއް ފެނުނީ ހުޅުމާލޭ ބީޗުގައި އެދެމީހުންގެ މުސްތަޤުބަލްގެ ޚިޔާލީ މަގުޗާޓު ކުރަހަމުން ދަނިކޮށެވެ، ނަފްހާގެ ބައްޕައަށް އެޚަބަރު ދިނީ އޭނާއެވެ. އެރޭ ނަފްހާމެންގެ ގޭގައި ހިނގީ ޢާއިލީ ތޫފާނެކެވެ. ޒާހިދުގެ ރުޅިވެރި އަޑުން މުޅި ގެ ގުގުމާލިއެވެ.
"ފަޤީރެއް! ވަޒީފާއެއް ނެތް، މުސްތަޤުބަލެއް ނެތް މީހެއް! ތިމާގެ ފެންވަރު ހަނދާން ނައްތާނުލާ!" ޒާހިދުގެ އަމުރުވެރި ބަރު އަޑުން ނަފްހާއަށް ހަނދާން ކޮށްދިނީ ދެމީހުންގެ ދިރިއުޅުމުގެ ފަރަގެވެ. "ބައްޕާ، އޭނާ ދެކެ އަހަރެން ލޯބިވޭ،" ނަފްހާ ކެރިގެން ބުންޏެވެ. "ލޯތްބޭ! ލޯބިން ބިލްތައް ނުދެއްކޭނެ. ލޯބިން ވިޔަފާރި ނުހިންގޭނެ. ތި ގުޅުން ނިންމާލާ!" ޒާހިދު އެންމެ ފަހުގެ ޙުކުމް ނެރުނެވެ.
ނަވާޒްގެ ޢާއިލާ ވެސް މި ގުޅުމާ ދެކޮޅެވެ. ސަބަބު ތަފާތެވެ. "ދަރިފުޅާ، އެ ޢާއިލާއަކީ އަހަރެމެން ކަހަލަ ބައެއް ނޫން،" މަންމަ ބުންޏެވެ. "އެމީހުން އަހަރެމެންނާ ދިމާއަށް ބަލާނީ ނިކަމެތި ބައެއްގެ ގޮތުގައި. އެ ވޭން ދަރިފުޅަށް ތަޙައްމަލެއް ނުކުރެވޭނެ." މަންމަ މަސައްކަތް ކުރީ ނަވާޒަށް ވިސްނައި ދިނުމަށެވެ.
އެދެމީހުންގެ ގުޅުމަށް ތަފާތު ފިއްތުންތައް އައެވެ. ޒާހިދު ނަވާޒަށް ވަޒީފާއެއް ހޯދައިދީގެން ދުރަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. ނަވާޒް ޤަބޫލެއް ނުކުރިއެވެ. ދެން އައީ އިންޒާރެވެ. "ތިޔަ ގުޅުން ކުރިއަށް ގެންގޮސްފި ނަމަ، ނަވާޒްގެ ޢާއިލާއަށް ދެރަ ގޮތެއް ދިމާވެދާނެ،" ޒާހިދުގެ މީހެއް އެއްރޭ ނަވާޒަށް ފޮނުވި މެސެޖުގައި އޮތެވެ. ނަމަވެސް ލޯތްބަކީ ބާރެކެވެ. ހުރިހާ ހުރަސްތަކެއް ފޫވައްޓައި ދެ ޒުވާނުން ސިއްރުން ބައްދަލުކުރުން ހުއްޓާނުލިއެވެ.
ޒާހިދު އެންމެ ފަހުން ނިންމީ ނަފްހާ، އޭނާގެ ވިޔަފާރީގެ ބައިވެރިއެއްގެ ދަރި ރާކިން އާ ކައިވެނި ކުރުވާށެވެ. އެއީ ދެ ވިޔަފާރި އެއްކޮށްލުމުގެ ބޭނުމުގައެވެ. އެއީ ދެ ވިޔަފާރިވެރިންގެ މެދުގައި ހެދުނު ވިޔަފާރީގެ އެއްބަސްވުމެކެވެ. ނަފްހާގެ ލޯތްބަކީ އެ މީހުންނަށް މުހިއްމު އެއްޗެއް ނޫނެވެ.
ނަފްހާގެ ކުއްލި މަރު
ނަފްހާ އާއި ރާކިންގެ ކައިވެނި ވުމަށް ބާކީ އޮތީ އެންމެ ދެހަފުތާއެވެ. ނަފްހާ ނަވާޒަށް ފޯނުކުރީ ރޭގަނޑު ވަރަށް ލަސްވީ ފަހުންނެވެ. "ނަވާޒް، އަހަރެން ވަރަށް ބިރުން މިހުރީ." ނަފްހާގެ އަޑުގައި ހުރީ މަޑު ތުރުތުރެކެވެ. "ކިހިނެއްވީ؟" ނަވާޒް މޮޅިވެރި ކަމާއެކު ކޮށްލީ ސުވާލެކެވެ.
"ބައްޕަގެ ސިއްރެއް އޭގަ އޮތީ. ރާކިން އާއެކު ކޮންމެވެސް ނުބައި ކަމެއް. އަހަރެންނަށް ހެކި ފެނިއްޖެ،" ނަފްހާ ބުންޏެވެ. "ޑޮކިއުމެންޓްތައް ފެނުނީ. ފައިސާ ދޮވުމުގެ. ރާކިން އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް." ނަފްހާ ބުންޏެވެ.
"ނަފްހާ، ތިކަން އެނގޭ ކަމަށް ނުހަދައި ދުރުގައި ހުރޭ. ނުރައްކާ ވެދާނެ،" ނަވާޒް އިންޒާރު ދިނެވެ. "ނޫން. އެމީހުންގެ ޙަޤީޤީ މޫނު ދުނިޔެއަށް ފެންނަން ޖެހޭނެ." ނަފްހާ ބުންޏެވެ. "އަހަރެން ހެކި ފޮރުވައިފިން. އެއްވެސް މީހަކަށް ނޭނގޭނެ ތާކު." އެއީ ނަވާޒަށް ނަފްހާގެ އަޑު އިވުނު އެންމެ ފަހު ފަހަރެވެ.
ޖެހިގެން އައި ދުވަހު ލިބުނީ ނަފްހާގެ މަރުގެ ޚަބަރެވެ. އޭނާ މަރުވެފައި އޮތީ ކޮޓަރީގައެވެ. ފުލުހުން ނިންމީ މަސްތުވާތަކެތީގެ އޯވަރޑޯޒެއް ކަމަށެވެ. ނަވާޒަށް ޤަބޫލެއް ނުކުރެވުނެވެ. ނަފްހާ ދުވަހަކު ވެސް އެފަދަ އެއްޗެއް ބޭނުމެއް ނުކުރެއެވެ. ތަޙުޤީޤު ވަރަށް އަވަހަށް ނިމުނެވެ. ޒާހިދުގެ ނުފޫޒު ނަވާޒަށް ވިސްނުނީ އެދުވަހުވެ. އެއްވެސް ސުވާލެއް ނެތި، "އެކްސިޑެންޓެއް" ކަމަށް ކަނޑައެޅީއެވެ.
ނަވާޒްގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. އޭނާގެ ލޯބިވެރިޔާ ގެއްލުނީއެވެ. ބްރިޖަށް ދުއްވާފައި ދިޔައީ އެ ހިތްދަތިކަމުގެ ތެރެއިންނެވެ. އަނެއް ދުނިޔެއަށް ދާން ބޭނުންވީ އެހެންވެއެވެ.
ޙަޤީޤަތް ހޯދުމުގެ ދަތުރު
ހޮސްޕިޓަލުން ދޫކޮށްލިތާ ހަފުތާއެއް ފަހެވެ. ނަވާޒް އޭނާގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ބައްދަލުކުރީ ނަފްހާގެ އެންމެ ގާތް އެކުވެރި، ނީނާއާއެވެ. ނީނާއަކީ ނަފްހާގެ ޔުނިވަރސިޓީ ދައުރުގެ އެކުވެރިއެކެވެ. ދެ މީހުންގެ ދެމެދުގައި ސިއްރެއް ނެތެވެ.
"ނީނާ، ނަފްހާ މަސްތުވާތަކެތި ބޭނުންކުރިތަ؟" ނަވާޒް ސީދާ ސުވާލުކުރިއެވެ. ނީނާގެ ލޯ ފެންކަޅިވިއެވެ. "ނޫން. ދުވަހަކު ވެސް ނުކުރޭ. އެ ރިޕޯޓަކީ ދޮގެއް، ނަވާޒް." ނީނާ އޭނާގެ މަރުވެފައިވާ އެކުވެރިޔާގެ ދިފާއުގައި ތެދުވިއެވެ. "އެކަމަކު ފޮރެންސިކް ރިޕޯޓުގައި..." ނަވާޒްގެ ޖުމްލަ ފުރިހަމަ ކުރަންވެސް ނީނާ ފުރުސަތެއް ނުދިނެވެ. "ޒާހިދުގެ ނުފޫޒު ނުފޯރަނީ ކޮން ތާކަށް؟" ނީނާ ބުންޏެވެ.
"ނަފްހާ މަރުވުމުގެ ކުރީ ރޭ އަހަންނަށް ގުޅި. ބުނީ ބައްޕައާ ދެކޮޅަށް ހެކި ހޯދައިފީމޭ. ރާކިން އަކީ ކުށްވެރިއެކޭ." ނަވާޒަށް ސިހުން ލިބުނެވެ. ނީނާ ތަކުރާރު ކުރީ މީގެކުރިން ނަވާޒަށް އިވިފައިވާ ޖުމްލައެކެވެ. "ހެކި ކޮބާ؟" ނަވާޒް ފަރުވާތެރިވިއެވެ. "ނޭނގެ. އެކަމަކު ނަފްހާ ބުނީ ރައްކާތެރިތާކު ފޮރުވައިފީމޭ." ނީނާ އޭނާއަށް ލިބިފައިވާ މަޢުލޫމާތު ޙިއްސާކުރިއެވެ.
ނަވާޒް ދެވަނައަށް ބައްދަލުކުރީ ނަފްހާގެ ކަންތައްތައް ބަލަހައްޓަން އެގޭގައި ގެންގުޅޭ ފާތުމައާއެވެ. ނަފްހާ ކުޑައިރުއްސުރެ ބެލީ ފާތުމައެވެ. އެއީ ބ. ކުޑަރިކިލު މީހެކެވެ. "ދަރިފުޅާ. ނަފްހާގެ މަރުގެ ސަބަބު ދައްތައަށް ގަބޫލެއް ނުކުރެވޭ،" ފާތުމަ ބަޑި ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންނެވެ. އެއީ ނަފްހާގެ ތުއްތު ދުވަހުން ފެށިގެން ބަލައި ބޮޑުކުރި ނުއުފަންނަ މައިމީހާއެވެ. "އެ ކުއްޖާ މަރުވި ރޭ، ރާކިން އައި މި ގެއަށް. ޒާހިދުގެ ކޮޓަރީގައި ސިއްރު ބައްދަލުވުމެއް ބޭއްވި. ފަހުން ރާކިން ނަފްހާގެ ކޮޓަރިއަށް ދިޔަތަން ދުށިން." ފާތުމަ ކިޔައިދިއެވެ.
"ފުލުހުންނަށް އެ ވާހަކަތައް ކިޔައިނުދިނީ ކީއްވެ؟" ނަވާޒް ކޮށްލީ ސުވާލެކެވެ. "ޒާހިދު އަހަންނަށް ބިރު ދެއްކީ. އަހަރެންގެވެސް ދަރިން ތިބިކަން ހަނދާން ކޮށްދިނީ." ނަވާޒް އެމައުލޫގައި ފާތުމަ އާއި އިތުރު ވާހަކައެއް ދައްކާކަށް ގަސްދެއް ނުކުރިއެވެ.
ސިއްރުތައް ފެންމަތިވުން
ނީނާގެ އެހީގައި ނަވާޒަށް ނަފްހާގެ ފޯނު ލިބުނެވެ. ޕޮލިހުން ހޯދީ އެ ފޯނެއް ނޫނެވެ. ނަފްހާ ސިއްރުން ގެންގުޅުނު ދެވަނަ ފޯނެކެވެ. އެ ފޯނުގައި ހުރި ހެކިތައް ފެނިފައި ނަވާޒްގެ ފައިން ބާރު ދޫވާން ފެށިއެވެ. ޒާހިދުގެ ވިޔަފާރިއަކީ ހަމައެކަނި ދައްކާލުމެކެވެ. ފަރުދާގެ ފަހަތުގައި ހިންގަމުން ދިޔައީ ބޮޑެތި ކުށްތަކެވެ. ފައިސާ ދޮވުމެވެ. ކުށުގެ ވިއުގައެއް ހިންގުމެވެ. ރާކިން އަކީ އެ ވިއުގައިގެ އިސް ބައިވެރިއެކެވެ. ނަފްހާގެ ކައިވެނި ރާކިން އާ ކުރުވަން އުޅުނީ ކުށުގެ ދެވިއުގަ އެއްކޮށްލުމަށެވެ.
ނަފްހާ ސިއްރުން މި ހެކިތައް އެއްކުރީ، ބައްޕަ ރަނގަޅު މަގަށް ގެނައުމަށެވެ. އެކަމަކު ޒާހިދަށް އެކަމުން ނެގުނީ އެހެން މާނައެކެވެ. އޭނާ ދުށީ ނަފްހާ މަސައްކަތްކުރީ އޭނާ އާއި ރާކިން މަޅިއަކަށް ފައްތާލަން ކަމަށެވެ. ނަވާޒަށް ލިބުނު ފޯނުގައި ދެންއޮތީ ނަފްހާގެ އެންމެ ފަހު ވީޑިއޯ ލޮގެވެ. އެއީ އޭނާ މަރުވި ރޭ ރެކޯޑް ކުރި އެއްޗެކެވެ.
"މި ވީޑިއޯ ބަލާ މީހާއަށް،" ސްކްރީނުން ފެންނަން ހުރީ ނަފްހާގެ މައުސޫމް މޫނެވެ. "އަހަންނަށް ދެރަ ގޮތެއް ވެއްޖެނަމަ، އެކަމުގެ ފަހަތުގައި ތިބޭނީ އަހަރެންގެ ބައްޕައާއި ރާކިން. އެ ދެ މީހުން..." ކުއްލިއަކަށް އިވެނީ ދޮރުގައި ތަޅައިގަތް އަޑެވެ. އެއާއެކު ވީޑިއޯ ވަނީ ނިމިފައެވެ. ނަވާޒްގެ ދެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. "ނަފްހާއަށް އެނގޭ، އޭނާގެ ފުރާނައަށް ނުރައްކާ އޮތްކަން. ހެކި ރެކޯޑް ކުރީ އެހެންވެ." ނީނާ ބުންޏެވެ.
ނަމަވެސް ދެން ވެސް ސުވާލެއް އޮތެވެ. އަސްލު ޑޮކިއުމެންޓުތައް ކޮބާ؟ ނަވާޒް އަލުން ނަފްހާގެ ފޯނުގެ ގެލެރީ ބަލަން ފެށިއެވެ. އޭގެން ނަވާޒްގެ ލޮލުގައި އަޅައިގަތީ ގަހެއްގެ ފޮޓޯ އެކެވެ. އެގަހުގެ 5 ފޮޓޯ ގެލަރީގައި ރައްކާ ކޮށްފައި އޮތެވެ. ނަވާޒް ހައިރާންވީ އެއީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުރި ގަހެއްގެ 5 ފޮޓޯއަށް ވީމައެވެ. އެތަނުން އެއް ފޮޓޯގައި އެ ގަހުގެ ކައިރީގައި ކުޑަ ފަކީރާއެއް ބާއްވާފައި އޮތެވެ.
ނަވާޒް އަވަސް އަވަހަށް މިސްރާބު ޖެހީ ސެންޓްރަލް ޕާކަށެވެ. ފޮޓޯއިން ފެންނަ ގަސް ހޯދުމަކީ އޭނާއަށް އުނދަގޫ މަސައްކަތަކަށް ނުވިއެވެ. އޭނާގެ ޅަދުވަހުގެ ހަނދާންތައް ގުޅިފައިވަނީ އެޕާކަށެވެ. އެ ގަހުގެ ކައިރީގައި އޮތް ކުޑަ ފަކީރާ އޭނާގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. އެއީ އަށެއްކަ އިންޗީގެ ޕްލާސްޓިކް ފަކީރާއެކެވެ. ނަވާޒް ފަކީރާގެ ފުންމިނަށް ވެލިގަނޑުގެ ތެރެއަށް ކޮށްޕާލިއެވެ. "ޓޮއް" ފަކީރާ ގޮސް ޖެހުނީ ހަރު އެއްޗެއްގައެވެ. ނަވާޒްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާއަށް ޤަބޫލު ކުރަންވެސް ދަތިވިއެވެ. އެތަނުގައި ވަޅުލާފައިއޮތީ ކުޑަ ދަގަނޑު ފޮއްޓެކެވެ. އެ ފޮށީގައި ހުރީ އޭނާ ހޯދަން ބޭނުންވި ޑޮކިއުމެންޓުތަކެވެ.
އިންސާފު ހޯދުން
ނަވާޒް އެ ހެކިތައް ފުލުހުންނަށް ހުށަހެޅީ ނޫސްވެރިޔާ ރަމީޒް އާއި ލޯޔަރު ޝިމާޒްގެ ޙާޟިރުގައެވެ. އެއީ ޒާހިދުގެ ނުފޫޒުން އެހެކިތައް ގެއްލުވާލިޔަ ނުދިނުމަށެވެ. ނަފްހާގެ ވީޑިއޯ ލޮގް، ޑޮކިއުމެންޓުތައް، ފާތުމަގެ ހެކިބަސް. ހުރިހާ އެއްޗެއް ފުލުހުންނާއި ނޫސްވެރިންނަށް އެއް ފަހަރާ ލިބުނީއެވެ.
ޚަބަރު ފެތުރުނީ ހުޅުގަނޑެއް ހެންނެވެ. މުޅި ރާއްޖެ ސިއްސައިގެން ދިޔައެވެ. ނުފޫޒުގަދަ ވިޔަފާރިވެރިޔެއްގެ ކުށުގެ ވިއުގަ ފެންމަތިވީއެވެ. ނަފްހާގެ މައްސަލައިގެ ފައިލް އަލުން ހުޅުވައި، ޒާހިދާއި، ރާކިން ހައްޔަރު ކުރެވުނީ ހަފުތާއެއް ފަހުންނެވެ. ނަފްހާގެ މެޑިކަލް ރިޕޯޓް އޮޅުވާލީކަން ސާބިތުވީއެވެ. ނަފްހާގެ ހަށިގަނޑަށް މަސްތުވާތަކެތި ފޯސް ކުރީއެވެ. ރާކިންއެވެ.
ޒާހިދާއި ރާކިންގެ މައްޗަށް ޝަރީޢަތް ހިންގައި މީހަކު މެރިކަމުގެ ކުށްސާބިތުވެއްޖެއެވެ. ގެ ދުވަހު، ނަވާޒް ކޯޓުގައި އިނެވެ. ނަފްހާގެ މަރަށް އިންސާފު ލިބުނީއެވެ. ނަމަވެސް ނަފްހާ އެނބުރި ނާންނާނެއެވެ. އެ ހިނިތުންވުން، އެ އަޑު، އެ ލޯތްބަކީ ހަމައެކަނި ހަނދާންތަކެކެވެ. ދެން އޮތީ ޙަގީގަތް ޤަބޫލު ކޮށް ދިރިއުޅުމައިގެން ކުރިއަށް ދިޔުންކަން ނަވާޒަށް އެނގެއެވެ. އޭނާ ނަފްހާގެ ނަން ދިރުވާނެއެވެ.
ޖެހިގެން އައި އަހަރު، ނަވާޒް، "ނަފްހާ ފައުންޑޭޝަން" އުފެއްދިއެވެ. ގެވެށި އަނިޔާއާއި، ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭ ޖަމިއްޔާއެކެވެ. ވަޒީފާ ނެތި ދޮރުން ދޮރަށް ހިނގި ޒުވާނާ، މިހާރު އެތައް ބައެއްގެ އެހީތެރިއަކަށް ވީއެވެ. ނަފްހާގެ މަރުން ނަވާޒް ދަސްކުރީ މުހިއްމު ފިލާވަޅެކެވެ. ހިތާމައިން މީހާ ބަލިކޮށްލެވިދާނެއެވެ. އެކަމަކު ހިތާމައިން ބާރު ވެސް ހޯދެއެވެ. އެކެއްގެ މަރުގެ ސަބަބުން، އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވެއެވެ.
ނަވާޒް ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތުގައި ނަފްހާގެ ލޯބި އަބަދަށް ދެމިހުންނާނެއެވެ. އެކަމަކު އޭނާގެ ދިރިއުޅުން ކުރިއަށް ދާނެއެވެ. އާ އުއްމީދާއި. ގަދަ ހިތްވަރާއެކުގައެވެ.
--- ނިމުނީ ---

ކިޔުންތެރިންގެ ހިޔާލު