ދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ހެޔޮ ބަދަލެއް ގެނައުމަކީ ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް ވާ އެންމެ ބޮޑު އެއް ވަޢުދެވެ. މިގޮތުން، މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އިސްވެ ހުންނަވައި، މާލޭ ސިޓީގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ އަގުތައް ހަމަބިމަށް ތިރިކުރުމަށްޓަކައި އިލެކްޓްރިކް ނުވަތަ ބެޓަރީ ޓެކްސީގެ ޚިދުމަތް ތަޢާރަފްކުރާނެ ކަމަށް ވަޢުދުވެވަޑައިގަތެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ އެ ވަޢުދުތައް ފުއްދުމުގައި އިންތިހާއަށް ލަސްވެ، ރައްޔިތުންނަށް ދެއްކި ފޮނި ހުވަފެންތައް ހަޤީޤަތަކަށް ނުވެ، "އިބިލީހުގެ ކައިވެންޏަށް" ވެފައިވާ މަންޒަރެވެ.
މާލެ އާއި ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ތަޢާރަފްކުރުމަކީ ގިނަ ބަޔަކު މަރުހަބާ ކީ ކަމެކެވެ. މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް މި ޚިދުމަތް ފެށޭނެ ކަމަށެވެ. މީގެ ސަބަބުން މިހާރު ޓެކްސީތަކުން ނަގާ ބޮޑެތި އަގުތައް ކުޑަވެ، އާންމު ރައްޔިތުންގެ އަތްފޯރާ ފަށަށް ދަތުރުފަތުރުގެ އަގުތައް ތިރިވާނެ ކަމުގެ އުއްމީދު އާވިއެވެ.
ނަމަވެސް، މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް މި މަޝްރޫޢަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. އެންމެ ފަހުން އިވުނު ޚަބަރަކީ ރާއްޖޭގެ މޫސުމަށް ބަލާފައި ކާރުތައް ބަދަލުކުރަން ޖެހޭ ވާހަކައެވެ. މިއީ ސުވާލު އުފެދޭ ކަމެކެވެ. ރާއްޖެއަކީ ކަނޑުގެ ލޮނުގެ އަސަރު އިންތިހާއަށް ކުރާ ޖަޒީރާ ޤައުމެއްކަން، މިފަދަ ބޮޑު މަޝްރޫޢެއް އިޢުލާން ކުރެއްވި އިރު ކަމާބެހޭ މާހިރުންނަށް އެނގިވަޑައިނުގެން ތިއްބެވީބާވައެވެ؟ ގައުމީ ފެންވަރުގައި ވަޢުދެއް ވުމަށްފަހު، މިފަދަ ސަބަބުތަކާހުރެ މަޝްރޫޢު ލަސްވުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ ކަމެކެވެ.
ބެޓަރީ ޓެކްސީގެ ވަޢުދު ނުފުދި އޮއްވައި، މިހާރު ސަރުކާރުގެ ފޯކަސް ބަދަލުވެފައިވަނީ ހެލިކޮޕްޓަރުގެ ޚިދުމަތް ތަޢާރަފްކުރުމަށެވެ. ފަތުރުވެރިކަމަށާއި ބަލިމީހުން އުފުލުމަށް ހެލިކޮޕްޓަރުގެ މުހިންމުކަން އޮތް ނަމަވެސް، އާންމު ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކާރު ޓެކްސީގެ މައްސަލަ ހައްލުނުކޮށް، އާ ބޮޑު އިސްނެގުމަކަށް ދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިއީ ކުރިން ވީ ވަޢުދުތައް ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ސަރުކާރަކަށް ރައްޔިތުންގެ އިތުބާރު ލިބެނީ ހަމައެކަނި ކަންކަން އިޢުލާން ކުރުމަކުން ނޫނެވެ. އެކަންކަން އަމަލީ ގޮތުން ފެންނަން ފެށުމުންނެވެ. ޕްރޮޖެކްޓަކަށް ދިމާވާ ގޮންޖެހުންތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ. "ލޮނުގެ އަސަރު" ފަދަ އާދައިގެ ސަބަބުތައް ދައްކައި، ވަޢުދުތައް ފަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ބެޓަރީ ޓެކްސީގެ ވަޢުދަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އޮތް އުންމީދީ ހައްލެކެވެ. ނަމަވެސް، އެކަން ލަސްވެ، ހިޔާލީ ފޮލާ އަކަށް ވުމަކީ ދަތުރުފަތުރުގެ ދާއިރާގައި ހުރި އިދާރީ ހިންގުމުގެ ބަލިކަށިކަން ހާމަކޮށްދޭ ކަމެކެވެ. ސަރުކާރުން އިސްކަންދޭ ތަރުތީބު ކަނޑައަޅާއިރު، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމަށް އިސްކަންދީ، ވީ ވަޢުދުތައް ފުއްދުމުގައި ތެދުވެރިވާން ޖެހެއެވެ. ނޫންނަމަ، އިތުބާރު ގެއްލި، ހުރިހާ ވަޢުދެއްވެސް ވެގެންދާނީ ފެނުގައި ކުރެހި ރީތި ތަސްވީރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު