ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީމާ މަދު ބަޔަކަށް ކަމު ނުދިޔަޔަސް ދިވެހި ގައުމީ ލޭހިނގާ އަސްލު ދިވެހި ދަރީން އެކަމާ އަބަދުވެސް ފަޚުރުވެރި ވެއެވެ. ދިވެހީންނަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އިސްލާމްދީން ގަބޫލުކޮށް އެދީން މަތީގައި ހިފަހައްޓައިގެން ތިބި ބައެކެވެ. ދިވެހީންނަކީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުމެއްނެތި އަދި އެއްވެސް އިރެއްގައި ދީނީ ގޮތުން ވެސް ހައްދުފަހަނައަޅާ ދިއުމަށް ވެސް ލޯބިކޮށްފައިވާ އަދި މިހާރު ވެސް ލޯބިކުރާ ބައެއް ނޫނެވެ. ދީނީ ކަންކަމުގައި ދިވެހީން އަބަދުވެސް ގެންގުޅެމުން އައީ މެދުމިނުގެ ސިޔާސަތެކެވެ.
ޒަމާނަށް އައި ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދުނިޔެއަށް ހުޅުވިފައިވާ މިދިވެހިރާއްޖެއަށް ވެސް ދުނިޔެއަށް ޖެހެމުން އައި މިދެންނެވި ތަރައްގީގެ ހުރިހާ ކަންކަމެއް މިވަނީ ތަޢާރަފުވެފައެވެ. މިގޮތުން މުޅި ދުނިޔެ ބަވަނަ ކޮށްލި އެއް އީޖާދަކީ ތަރައްގީވަމުން އައި މުވާސަލާތީ ޚިދުމަތްތަކެވެ. މި ދެންނެވި މުއާސަލާތީ ކުރިއެރުން ތަކުގެ ހުރިހާ އައު ޓެކްނޮޖީއެއް ދިވެހީން މިތިބީ ބަލައިގަނެގެންނެވެ. އޭގެ ބޭނުން ހިފެން އޮތް އެންމެ ބޮޑަކަށް ހިފައިގެންނެވެ. މިއަދު ދިވެހީންގެ ދިރިއުޅުން ވެސް އަދި ކުރާ މަސައްކަތް ވެސް މިދެންނެވި ޒަމާނީ ޓެކްނޯލޮޖީއާއި ނުލައި ފުރިހަމަ ނުވާކަން މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
މިދެންނެވި ޓެކްނޮލޮޖީ އާއެކު އަދި ދުނިޔެއަށް އުފަންވި ކޮންމެ އައު އީޖާދަކާއެކު އޭގެ ބޭނުން ހިފާނެ ރަނގަޅު ގޮތްތަކާއި ނުރަނގަޅު ގޮތްތައްވެސް ތަޢާރަފު ވެއެވެ. އެއީ ދުނިޔަވީ ގޮތުން އެކަން އޮންނާނެ ވެސް ގޮތެވެ. މިދެންނެވި ޓެކްނޮލޮޖީ ނޫނަސް އަޅުގަނޑުމެން ދިރިއުޅުމުގައި ބޭނުން ކުރާ ގިނަ ވަސީލަތްތައްވެސް ހުރީ ހަމަ މިފަދައިންނެވެ. އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްފިނަމަ ތިމާއަށާއި އަދި އެހެން މީހުންނަށް ވެސް ގެއްލުންވާ އަދި ގެއްލުން ދެވޭ ގޮތަށެވެ.
އަޅުގަނޑުމެން މިއަދު އެންމެ ގިނައިން ބޭނުންކުރާ އަދި އަސާސީ ޚިދުމަތެއްގެ ގޮތުގައި މިއަދު ބެލެވޭ އިންޓަރނެޓަކީ ވެސް އެމީހަކު ހިތުހުރި ގޮތަކަށް ބޭނުން ހިފޭ ޓެކްނޮލޮޖީއެކެވެ. މިދެންނެވި އިންޓަރނެޓަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ނޫޅެވޭނެ ވަސީލަތެކެވެ. ރަނގަޅު ގޮތުގައާއި ނުރަނގަޅު ގޮތުގައި ވެސް ބޭނުން ކުރެވެން އޮތް ވަސީލަތެކެވެ.
މިއަދު މިދެންނެވި ޚިދުމަތުގެ ތެރެއިން މި ދިވެހި މުސްލިމު އާބާދީއާއި އެންމެ ނުގުޅޭ ނުވަތަ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ވަރަށް ބީރަށްޓެހި ޚިދުމަތްތައް ވެސް މިދެންނެވި އިންޓަރނެޓްގެ ތެރެއިން ދިވެހީންނަށް ލިބެން ހުރުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. އިވޭ އަޑެކެވެ. މިވާހަކަ ދޭތެރެދޭތެރެއިން ދެކެވުނު ނަމަވެސް އެކަން ދެމިއޮންނަނީ ކުޑަ ދުވަސްކޮޅަކުއެވެ. ދިވެހީންގެ ހުރިހާ ކަމެއްގައި ވެސް އޮންނަ ބީދައިން ދުވަސްކޮޅަކުން އެކަން އޮބި އެވާހަކަ ހުއްޓެނީއެވެ.
ދަންނަވަން މިއުޅެނީ އެއްވެސް ހުރަހެއް ނެތި ދިވެހި ރާއްޖޭގައި އިންޓަރނެޓް ބޭނުން ކޮށްގެން ބަރަހަނާ ސައިޓްތަކަށް ވަދެވޭ ވާހަކައެވެ. އިންޓަރނެޓާއި ސޯޝަން މީޑިއާގެ އެފަދަ ގްރޫޕްތަކަށް ވަނުމުގެ ފުރުސަތު އޮތީ އެއްވެސް ހުރަހެއް ނެތި ތަންމިނަށް ހުޅުވިފައެވެ. ސޯޝަލް މީޑިއާގެ އެފަދަ ގްރޫޕަތަކަށް ވަދެ އަދި އަމިއްލައަށް އެފަދަ ގްރޫޕްތައް ހަދައިގެން ދިވެހީން އެއްވެސް ޖެހިލުމެއްނެތި ހިންގަމުން އެދަނީ އެކަމަށް ހުރަސް ނާޅާނެކަމާއި އެކަންކަން ބަލާ ބަޔަކު ނޫޅޭނެކަން ޔަގީންވާތީއެވެ.
ރާއްޖޭގައި މިދެންނެވި މުއާސަލާތީ ޚިދުމަތްތަކުގެ ބެލެނިވެރި ފަރާތެއް އަބަދުވެސް ހުރެއެވެ. އެކަމާ ބެހޭ އިދާރާއެއް އަބަދުވެސް ހުރެއެވެ. އަދި އެކަމުގައި އަމަލު ކުރަންވީ ގާނޫނު ތަކާއި ގަވާޢިދުތައް ވެސް ހެދިފައި ހުރެއެވެ. އެކަމަކު އިންޓަރނެޓަށް ވަނުމަށް އެއްވެސް ހުރަހެއް ނޯންނަ ބީދައިން މިދެންނެވި އިންޓަރނެޓްގައި ހުންނަ ބަރަހަނާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގައި ހުންނަ ބަރަހަނާ ގްރޫޕްތަކާއި އެކައުންޓްތަކަށް ޖެހިލުމެއް ނެތި ވަދެވެއެވެ. އެއީ އެއްވެސް މީހަކު ދިވެހިގައުމުގައި ޖެހިލުންވާ ކަމެއް ނޫނެވެ. ސިއްރިއްޔާތުގައި ކުރާ ކަމެއް ވެސް ނޫނެވެ.
ރާއްޖޭގައި މިދެންނެވި ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓަން ކޮމިއުނިކޭޝަން އޮތޯރިޓީ ނޫނީ ކޮމިއުނިކޭޝަން މިނިސްޓްރީ ނޫންނަމަ އެނޫންވެސް ނަމެއްގައި އިދާރާއެއް، އޮފީހެއް ގާއިމު ކޮށްފައި ހުރެއެވެ. އަދި މިދެންނެވި އިދާރާއިން ނޫނީ އޮފީހުން ގަވާޢިދުތައް ހަދައިގެން ކަންކަން ބަލަހައްޓާ ކަމަށް ވެއެވެ. އަދި މިދެންނެވި ޚިދުމަތްތަކުގެ އަގުތައް ކަނޑައަޅާ ބަލަހައްޓަނީވެސް އެ އިދާރާއިންނެވެ.
ނަމަވެސް މިހާތަނަށް ވެސް އެއިދާރާއަށް ނުކުރެވުނު ކަމެއް އެބައޮތެވެ. އެއީ މިދެންނެވި އިންޓަރނެޓްގައި ދިވެހިރާއްޖެއަށް ތަންމިނަށް ހުޅުވިފައި އޮތް ދޮރުގައި ތަޅެއް އެޅުވުމެވެ. އެހާ ފަސޭހަކަމާއެކު އެއްވެސް ހުރަހެއް ނެތި ވަދެވޭ ގޮތަށް އޮތް އޮތުމަށް ނިމުމެއް ގެނަސް ދިނުމަކީ އެ އޮތޯރިޓީއަށް މިހާތަނަށް ވެސް ވެފައި އޮތް ކަމެއް ނޫނެވެ.
މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމުތަކުގައި އެކަނި ކުރާ ކަމެއް ނޫނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިތަޅު އަޅުވަނީ މުޖުތަމަޢުގެ އަގު ހިފެހެއްޓުމަށެވެ. ރީތި އާދަތަކާއެކު ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދަރީން ބޮޑެތިވެ ތަރުބިއްޔަތު ދަސްކުރުމަށް ޖާގަ ދިނުމަށެވެ. މިސާލަކަށް ދިވެހީން ވަރަށް ގިނައިން ގޮސް އުޅޭ މެލޭޝިޔާގައި އެވަނީ މިކަން ކޮށްފައެވެ. އެއީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ނޫނެވެ. އެކަމަކު އެގައުމުގައި ވެސް ހުރަހެއް ނެތި ބަރަހަނާ ސައިޓް ތަކަކަށް ނުވަދެވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ރާއްޖޭގައި އެންމެ ގިނައިން ވަންނަނީ މިދެންނެވި ބަރަހަނާ ސައިޓް ތަކަށާއި ބަރަހަނާ ގްރޫޕް ތަކަށެވެ. މިކަމުގައި ވަކި އުމުރުފުރައެއް ވަކި ޖިންސެއް އިސްތިސްނާއެއް ނުވެއެވެ. މިއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. މިކަން ނޭނގޭ ބެލެނިވެރިއަކު ނޫޅެއެވެ. މިކަން ނޭނގޭ ވަޒީރަކުވެސް ސިޔާސީ ވެރިއަކުވެސް ނޫޅެއެވެ. މިކަން ނުކުރާ އަދި ނޭނގޭ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވެސް މަދެވެ. މިކަން ނޭނގޭ ގާނޫނު ތަންފީޒުކުރާ މީހަކު ނޫޅެއެވެ. މިކަން ނޭނގޭ ފަނޑިޔާރަކު ފުލުހަކު ވެސް ނޫޅެއެވެ. ކުރުކޮށް ފޮނިކޮށް ދަންނަވާނަމަ މިގައުމުގެ އެކިފަންތީގެ އެކިފެންވަރުގެ އެންމެންނަށް މިކަން އެނގެއެވެ. އަދި މިކަމަށް އޮތް ހުރަހާއި ތަޅާއި ތަޅުދަނޑި ނޭގޭ މީހަކުވެސް މަދެވެ.
އެކަމަކު މިކަން ނުކުރުމަށް ނޫނީ މިދެންނެވި ބަރަހަނާ ސައިޓްތަކުގެ ދޮރުތަކުގައި ތަޅުއަޅުވާ ވާހަކަ ދެއްކީމާ މިދެންނެވި ފަދަ ޒިންމާދާރު ބޭބޭފުޅުން ދެއްވާ ޖަވާބަކީ އެއީ އެމީހެއްގެ އީމާންތެރިކަމާއި ތަގުވާވެރިކަމާއި ދީންވެރިކަމާއި ގުޅުންހުރި ކަމެއް ކަމުގައެވެ. މިދެންނެވި ބޭފުޅުންގެ ޒުވާބަކީ އިންޓަރނެޓްގެ ޚިދުމަތް ތަންމިނަށް ހުޅުވިފައި އޮތަސް އޭގެ ބޭނުން ކުރާ މީހާ ރަނގަޅު ގޮތުގައި ބޭނުން ކުރީމާ ނިމުނީ ކަމަށެވެ. ދެން ކުޑަކުދިންނާއި ޒުވާން ކުދިން އެކަމުން ދުރުހެލި ކުރާ ވާހަކަ ހަމަ ދައްކާއިރަށް އެވެރިން ދޭ ޖަވާބަކީ އެއީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ. އެހާހިސާބުން އެވާހަކަ ނިމުނީއެވެ. އެބޭފުޅުންގެ ޒިންމާ އެހާހިސާބުން ނިމުނީއެވެ. ވާހަކަ ނިމުނީއެވެ.
އެކަމަކު އެއީ އެބޭފުޅުން އެކަމަށް ދޭން އޮތް ޖަވާބުނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. އެއީ ޒިންމާ ނެގުމެކޭ ދެންނެވޭކަށްނެތެވެ. ގާނޫނު އަސާސީބުނަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. ރާއްޖޭގައި ހިގަންޖެހެނީ މުސްލިމު ދަޢުލަތެކެވެ. ކޮންމެ ދިވެއްސަކީ މުސްލިމެކެވެ. ނޫނީ ދިވެއްސަކަށް ވަނީ މުސްލިމެއް ކަމުގައި ވެގެންނެވެ. ދިވެހީންގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމް ދީނާއި ޚިލާފު ކަމެއްވެސް ރާއްޖެއަކު ނުކުރެވޭނެއެވެ. އިސްލާމް ދީނާއި ޚިލާފު ތަނެއްވެސް ރާއްޖެއަކު ނުހެދޭނެއެވެ. އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ހުރިހާ ކަންކަން އެއީ ރާއްޖޭގައި ގާނޫނީ ގޮތުންވެސް މަނާ ކަންކަމެވެ. ކުށްވެރިވާ ކަންކަމެވެ. އެކުށްތަކަށް ދީނުގައި ކަނޑައެޅިފައި އޮންނަ އަދަބު ނޫނީ ގާނޫނީ ގޮތުން އޮންނަ އަދަބު ދެވެއެވެ. ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމަކީ ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. މިދެންނެވި ގާނޫނު އަސާސީގައާއި ގާނޫނު ތަކުގައި ކަޅާ ހުދުން މަށް ދިވެހި ބަހުން ލިޔެފައި ހުރި އިބާރާތްތަކެވެ.
އެކަމަކު އޮރިޔާންކާޑާއި މަންޒަރާއި އަޑު ހުންނަ ބަރަހަނާ ވެބްސައީޓްތަކަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތެވެ. ކޮންމެ އިރަކު ކޮންމެ މީހަކަށް ވެސް ވަދެވެއެވެ. ދިރާގާއި އުރީދޫން ދޭ ޚިދުމަތުގެ ތެރެއިން ވެސް ހަމަ އެއްވެސް ހުރަހެއް ނެތި ވަދެވެއެވެ.
މިކަން ރާއްޖޭގައި ގޮސްފައި އޮތް މިންވަރު އެނގިގެން ދިޔަ އެއް ހާދިސާ މިތާގައި އަދި ފާހަގަ ކޮށްލާނަމެވެ. ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ގެންނަން މަސައްކަތް ކުރި ކަމަށް ބުނާ އިންގިލާބީ އެއް ބަދަލަކީ ބަރު ޓެކްސްޓް ފޮތްތައް ދޫކޮށްލާފައި ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އައިޕެޑް ނޫނީ ޓެބްލެޓް ބޭނުންކޮށްގެން ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމެވެ. އެކަން ފަށައިގަތުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ދެވުނެވެ. އަދި ކްލާސް ތެރޭގައި ދަރިވަރުން އޭގެ ބޭނުން ހިފަން ފެށިއެވެ. އެކަމަކު ނަތީޖާ އެނގޭތޯއެވެ. އަނެއް ދުވަހު ސްކޫލަށް އަންނައިރު ޓެބްލެޓުން ވަދެފައި ހުންނަނީ ބަރަހަނާ ސައިޓް ތަކަށެވެ. ނޫނީ ކުދިން ވިޔާނުދާ ސައިޓްތަކަށް ވަންނަކަން ފާހަގަ ވެގެން ބައެއް ސްކޫލްތަކަށް ޖެހުނީ ޓެބްލެޓްގެ ތަޅުތައް ވަރުގަދަ ކުރުމަށް އަލުން އަތުލައި އެކަން ހުއްޓާލާށެވެ.
މިހިރީ ގައުމުގެ މުސްތަގުބަލުގެ އުއްމީދު އޮތް ގޮތެވެ. މިއަދުގެ ޅަ ކުދިން ފޯނާއި ޓެބްލެޓާއި އައިޕެޑާއި ލެޕްޓޮޕާއި ކޮމްޕިއުޓަރ ބޭނުން ކުރުމުގައި އެއްވެސް ހައްދެއް އަޚުލާގެއް ނެތީ ކުރީން ދެންނެވި ބީދައިން އިންޓަރނެޓް ހިތަކަށް ހުޅުވާލާފައި އޮތީމައެވެ. ބަޔަކު ގަސްތުގައި މިގައުމުގެ ޖީލެއް ހަލާކު ކޮށްލީއެވެ. ކުރިން މިގައުމުގެ ޖީލެއް ބަޔަކު ހަލާކު ކުރީ ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި ހިންގައި ފައިދާ ހޯދަން ވެގެންނެނެވެ. ޒުވާނުންނަށް ޑްރަގް ދީގެން އެކުދިން އެއަށް ދެވި ހިއްޕީއެވެ. މިއަދު ޖީލެއް ހަލާކު ކޮށްލަނީ ޓެކްނޮލޮޖީގެ ފައިދާ ނަގައިގެން އިންޓަރނެޓު ވިއްކައިގެން މުއްސަނދިކަން ހޯދުމަށެވެ.
ތެދެކެވެ. އިންޓަރނެޓްގައި އެއްކަލަ ތަޅު އަޅުވައި ބަރަހަނާ ސައިޓްތަކަށާއި ސޯޝަލް މީޑިއާގެ ބަރަހަނާ ގްރޫޕްތަކުގައި ތަޅުއަޅުވައިފި ނަމަ އިންޓަރނެޓްގެ ޚިދުމަތަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް ދަށްވެގެންދާނެއެވެ. ކުންފުނި ތަކަށާއި ސަރުކާރަށް އެކަމުން ލިބޭ ފައިދާ އެތައް ތަނަކުން ކުޑަވެގެންދާނެއެވެ. އަދި ބައި އެޅޭ ފަރާތްތަކުގެ ޖީބަށް ވަންނަ މިންވަރުވެސް މަދުވެގެން ހިނގައިދާނެއެވެ. އެކަމަކު މިއީ ދިވެހި މުސްލިމު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ. ހަމައެކަނި ދީނީ ކަމެއްގެ ގޮތުގައި ދެކިގެން އެކަންޏެއް ނޫނެވެ. މުސްތަގުބަލުގެ ޖީލުގެ އަޚުލާގާއި ސްލޫކް ރަނގަޅުކޮށް ރަނގަޅު ޖީލެއް ބިނާ ކުރުމުގެ ހެޔޮ ނިޔަތުގައެވެ. މިކަން ކުރަށްވާށެވެ. ގިނަ ބެލެނިވެރިންގެ ތާއީދު ލިބޭނެއެވެ. ގައުމުގެ ކުރިމަގުގެ ޒުވާން ޖީލު ސަލާމަތްކޮށް ދަރިފަސްކޮޅު ސަލާމަތް ކުރުމަށެވެ. ތިޔަ ކިޔާ ކުޑަކުދިން ގްރޫމް ކުރުމާއި ބަދުއަޚުލާގީ ކަންކަމަށް އަރައިގަތުން އެތައް ތަނަކުން ދަށްކުރެވި ހެޔޮބަދަލު ތަކެއް ފެނިގެންދާނެ ކަމީ ޔަގީންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު