ވަޒީފާގެ އަޅުންނަށް ނުވެ، ބިރު ފަހަނައަޅާ ނުކުތުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި ހުންނަވައިގެން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާ ފަރާތްތަކަށް ބިރު ދެއްކުމަށްޓަކައި އެއާޕޯޓުގެ ވަޒީފާ އަދާކުރާ އެތައް ބަޔަކު ވަޒީފާގެ އަޅުންކަމުގައި ހަދާފައިވާ ކަމަށެވެ.
ނަމަވެސް ކިތަންމެ ބިރު ދެއްކިޔަސް، މިފަހަރު ހަނިމާދޫ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުން ބިރު ދެއްކި ނަމަވެސް ރައްޔިތުން ނުކުމެ މި ގައުމު ސަލާމަތްކޮށްދޭން ޖެހޭ ކަމަށެވެ.
މި ދަތުރުގައި ހއ. ހޯރަފުށި، މޮޅަދޫ އަދި އިހަވަންދޫއަށް ވަޑައިގެން، އެ ރަށްރަށުގެ އެމްޑީޕީ ކެންޑިޑޭޓުންނާއި ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ގިނަ ރަށްރަށުގެ ރައްޔިތުން ތިބީ ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހި، ރާއްޖެ އަލުން ހަމަމަގަށް އެޅުވޭނީ އެމްޑީޕީއަށް ކަމަށް ގަބޫލުކޮށްގެންނެވެ.
މީގެ އިތުރުން، ސަރުކާރުން ނަގަން އުޅޭ ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މިއީ ސަރުކާރުގެ ހީލަތްތެރި ރޭވުމެއް ކަމަށާއި، އެ ވޯޓުގައި މުޅި ރާއްޖެއިން ސަރުކާރަށް "ނުފެންނަ" ކަމަށް ބުނާނެ ކަމަށެވެ. ޝާހިދު ގަބޫލުކުރައްވާ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރަށް ރައްޔިތުންގެ މެސެޖު ދޭން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ކިޔުންތެރިންގެ ހިޔާލު