މިހާރުގެ ދުނިޔޭގެ މަސްރަޙަށް ބަލާއިރު، މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމުގެ މުހިންމުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ވަކިން ހާއްސަކޮށް، ހުޅަނގުގެ ބާރުތަކުން އިސްލާމީ ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހި، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވުމަކީ މިއަދު މަޖުބޫރު ކަމެކެވެ.

އިސްލާމީ އުންމަތުގެ މުއްސަނދިކަމާއި، ވަސީލަތްތަކާއި، އަދި އާބާދީގެ ބޮޑުކަމަށް ބަލާއިރު، މުސްލިމުންނަކީ ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މައިދާނުގައި ބޮޑު ބާރަކަށް ވުމުގެ ފުރުސަތު އޮތް ބައެކެވެ. ނަމަވެސް، މި ބާރުގެ ބޭނުން ހިފޭނީ ހުޅަނގުގެ ނުފޫޒުން އެއްކިބާވެ، އިސްލާމީ އުހުއްވަތްތެރިކަން އިސްކޮށް، އެންމެން އެކުވެގެން މަސައްކަތް ކޮށްގެންނެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ކުދިކުދި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ދީނީ އަދި ސަގާފީ އެއްބައިވަންތަކަން ވަރުގަދަކުރުމަކީ ހުޅަނގުގެ "ދުޝްމަނުންގެ" ރޭވުންތައް ބާތިލުކުރުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ.

ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަކީ ހުޅަނގުގެ ބައެއް ބާރުތަކުގެ ނުސީދާ އެހީތެރިކަމާއެކު ހިންގާ ކަންކަން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެހެންކަމުން، މިއީ އިސްލާމީ ލީޑަރުންނާއި ރައްޔިތުން އެކުވެ، އެއް އަޑަކުން ބަސްބުނަންވީ ވަގުތެވެ. އުންމަތުގެ ސަލާމަތާއި ކުރިއެރުން އޮތީ ބައިބައިވުމުގެ ބަދަލުގައި، އެކަތިގަނޑަކަށް ވެގެންކަން ދަނެ، މި ނުރައްކާތަކާ ކުރިމަތިލުމަކީ މުޅި އިސްލާމީ ދުނިޔޭގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު