ކާފު ގުޅީ ބޭރުގައި އޮންނަ ކަނޑުއޮޅިއަކަށް އެ ރަށު ކައުންސިލުން ގިނަ އަދަދެއްގެ ކުނި އަޅަމުންދާ މައްސަލައެއް ފެންމަތިވެ، އެންވަޔަރަންމަންޓް ރެގުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ. މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އެކްސް ގައެވެ. މި މައްސަލަ ރިޕޯޓުކުރި ފަރާތުން ވަނީ ކަނޑަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކަނޑަށް އުކާލާފައިވާ ކުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.
މިއީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވާއިރު، މިގޮތަށް ކުނި އެޅުމުގެ ސަބަބުން ގުޅީގެ ފަރަށާއި އެ ސަރަހައްދުގެ ދިރުންތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޚާއްޞަކޮށް ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް ނުރައްކާތެރި އެއްޗަކަށް ވުމާއެކު، މިއީ މުޅި މާހައުލު ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މައްސަލަ އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިކަން ތަހުގީގު ކުރާނެ ކަމަށް ބެލެވެއެވެ. ރަށެއްގެ ކައުންސިލުން ތިމާވެއްޓަށް ގެއްލުންވާނެ ފަދަ ގޮތަކަށް ކުނި މެނޭޖުކުރުމަކީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ކަމެކެވެ. މި ހާދިސާއާ ގުޅިގެން ގުޅީ ކައުންސިލްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
K.Gulhee council in Gulhee beyruga onna kan'duolhi akah gina adhadhege kuni alhanee.
— Ashvaq Fauzee (@Ashvarg) February 27, 2026
Meege thereigaa gina adhadhege plastic kothalhu ves hurikan faahaga kurevey. Meege sababun Gulhee ge house reef ashaa thimaaveta vara bodethi gellun thah vaane.@ERA_Maldives pic.twitter.com/CblT33ppgB
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކަނޑަށް އުކާލާފައިވާ ކުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.
މިއީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވާއިރު، މިގޮތަށް ކުނި އެޅުމުގެ ސަބަބުން ގުޅީގެ ފަރަށާއި އެ ސަރަހައްދުގެ ދިރުންތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޚާއްޞަކޮށް ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް ނުރައްކާތެރި އެއްޗަކަށް ވުމާއެކު، މިއީ މުޅި މާހައުލު ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މައްސަލަ އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިކަން ތަހުގީގު ކުރާނެ ކަމަށް ބެލެވެއެވެ. ރަށެއްގެ ކައުންސިލުން ތިމާވެއްޓަށް ގެއްލުންވާނެ ފަދަ ގޮތަކަށް ކުނި މެނޭޖުކުރުމަކީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ކަމެކެވެ. މި ހާދިސާއާ ގުޅިގެން ގުޅީ ކައުންސިލްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު