ކޮރޯނާވައިރަސް ފެތުރެމުންދާތީއާއި ރާއްޖެއިން ވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ބަޔަކު ފެނިފައިވާތީ މި ދުވަސްވަރު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑައިލަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފިއެވެ.

ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްއެމްއޭ އިން ގޮވާލި ނަމަވެސް ސަރުކާރުން މިއަދު ބުނެފައިވަނީ ކިޔެވުން މެދުކަނޑާލަންޖެހޭ ހާލަތަކަށް ދިޔަ ރަށެއް އަދި ރާއްޖޭގައި ނެތް ކަމަށެވެ. ސަރުކާރުން މިހެން ބުނުމާއެކު އޮންލައިން ނޫހެއްގައި ޖެހި އެ ޚަބަރު އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޢަލީ ޓްވީޓްކުރައްވާފައި ވެސް ވެއެވެ.

ކޯވިޑް 19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހުންނެވެ. އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން