ޑިމޮކްރެޓްސް އާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އިސް މެމްބަރުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރޭ ސޮއިކުރައްވައިފިއެވެ.
މި ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ދަ ގްރޭޓާ އައްޑޫ ވިޝަން" ގެ ތަފްސީލްތައް ހާމަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ. މި ބޭފުޅުންގެ މެންބަރޝިޕް ފޯމުތަކާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
"ދަ ޑިމޮކްކްރެޓްސް" އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ސަބަބުން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. ރޭގެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތް އެއް މެމްބަރަކު ފިޔަވާއި ދެންތިބި މެމްބަރުންނަކީ މި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނެވެ. މީގެ ކުރިން އަައްޑޫގައި އިދިކޮޅު އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.
އެގޮތުން ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑިމޮކްޜެޓްސް އަށް ނިސްބަތްވާ ބޭފުޅުން ކަމުގައިވާ އައްޑޫ ސިޓީގެ އެމްޑީޕީގެ ކުރީގެ ރައީސް އަހުމަދު އަދުހަމާއި، ފޭދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުالله ސައީދުގެ އިތުރުން އެ ދާއިރާގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސައީދު (ދަގޭ) ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ފޭދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ ކައުންސިލަރު އަދި އެލްޖީއޭގެ ކުރީގެ މެންބަރު އަހްމަދު މިރުޒާލް ވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެން ފޯމު ހަވާލުކުރައްވާފައެވެ. މީގެ ތެރެއިން އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ ދަގޭ އަކީ 2023 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އަށް ދެވަނަ ދައުރަކަށް ހޮއްވެވުމަށް ބުރަކޮށް މަސައްކަތް ކުރެއްވި މެމްބަރެކެވެ. ނަމަވެސް އެ އިންތިކާބަށްފަހު އޭނާ ހުރީ އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައެވެ. ދެން އޭނާ ފެނިފައިވަނީ މަޖްލިސް އިންތިކާބުގައި އެމްޑީޕީއާއި ދެކޮޅަށް ޕީއެންސީ ގެ މަޖިލިސް މެމްބަރު އިބްރާހީމްދީދީ (އައިބީ) އަށް ތާއީދުކުރަނިކޮށެވެ.
އައްޑޫގެ އިސް ސިޔާސީ ބޭފުޅުންގެ އިތުރުން، ސްރީލަންކާގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފާތިމަތު ޝިޔާމާ އާއި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ، ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހައްވާ ޒާހިރާ ވެސް ވަނީ ރޭގެ ޖަލްސާގައި ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ވަނީ މި ޖަލްސާގައި ރަސްމީކޮށް ތައާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު